Advertisement
ކ. މާލެ
|
4 ޑިސެންބަރ 2025 | ބުރާސްފަތި 18:22
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބު
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބު
ރާއްޖެއެމްވީ
ލޯކަލް ކައުންސިލް އިންތިހާބު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
އިންތިޚާބުގައި 226 ދާއިރާއަކުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރެވޭނެ
އިންތިޚާބުގެ މަސައްކަތްތަކަށް ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، އައިޓީ، ފައިނޭންސް އަދި ލީގަލް ދާއިރާތަކުން މުވައްޒަފުން ނަގަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ވަނަ އަހަރު އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރެވޭނެ ކަމަށެވެ. އެގޮތުން މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް މިހާރު އިޢުލާނުކޮށްފަވާ ކަމަށާއި އަދި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2025 ޑިސެންބަރު 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އިލެކްޝަން އިން ބުނެ އެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް ވަނީ ޢިއުލާންކޮށްފަ އެވެ. އިލެކްޝާން ކޮމިޝާނުން ބުނީ މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކޮމިޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެ އެވެ.

ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނައިރު، ކައުންސިލްތަކަށް ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ. އެގޮތުން، ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށާއި، އާބާދީ ކުޑަ ރަށްރަށުގައި ތިބޭ ކައުންސިލަރުން މަދުކުރުމަށް ފާސްކޮށް، ގާނޫނުއަސާސީއާއި ކަމާ ގުޅުންހުރި ގާނޫނުތައް އިސްލާހުކޮށްފަ އެވެ.

- ކޮމެންޓް