ކ. މާލެ
|
16 މެއި 2022 | ހޯމަ 23:02
ތަކަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށްބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ތަކަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށްބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްޓީސީސީ
ތަކަންދޫ ބަނދަރު ތަރައްގީ ކުރުން
ތަކަންދޫގެ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
 
އެމްޓީސީސީއާ މި މަޝްރޫއު ހަވާލު ކުރީ 22.4 މިލިއަން ރުފިޔާއަށް

ހއ. ތަކަންދޫގެ ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީޙުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 22.4 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ތަކަންދޫ ބަނދަރު ފުން ކުރުމާއި ނެރު ފުން ކުރުމާއި ބޭރުތޮށި ލުމާއި ރިވެޓްމަންޓް ޖެހުމާއި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި އީއައިއޭގެ މަސައްކަތާއި ނެރުބައްތި އާއި މަގުބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރާނެއެވެ.

އެމްޓީސީސީ އިން ބުނީ ތަކަންދޫގެ ބަނދަރަށް ވަދެ ނުކުންނަން ދަތިވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ތިބީ އަމާން ބަނދަރެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ. އަދި ރަށް ގިރުމަކީ ވެސް އެ ރަށަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލައަށް ވެސް މި މަޝްރޫއުގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް