ކ. މާލެ
|
21 ޖުލައި 2021 | ބުދަ 13:48
ސްޓެލްކޯ
ސްޓެލްކޯ
ރާއްޖެއެމްވީ
މާލެއިން ކަރަންޓު ކެނޑުން
މާލޭގެ 80 އިންސައްތައަށް ކަރަންޓު ފޯރުކޮށްދެވިއްޖެ: ސްޓެލްކޯ
 
ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ކަރަންޓު ކެނޑުން އެކަށީގެންވޭ
 
އަދިވެސް ބައެއް ސަރަހައްދުތަކަށް ކަރަންޓު ނާދޭ
 
ކަރަންޓު ކެނޑުނީ ގްރިޑްގެ ދެވަނަ ސާކިޓް އެނަރޖައިޒް ކުރަމުންދަނިކޮށް

މާލޭގެ 80 އިންސައްތައަށް މިހާރު ކަރަންޓު ފޯރުކޮށްދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

މިއަދު މެންދުރު 12 ޖަހާ އެހާއިރު، މުޅި މާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ގްރޭޓަރ މާލެ ގްރިޑްގެ ދެވަނަ ސާކިޓް އެނަރޖައިޒްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

މުޅި މާލެއަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، 80 އިންސައްތަ ސަރަހައްދަށް މިހާރު ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ބާކީ 20 އިންސައްތައަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ ގްރިޑްގެ ދެވަނަ ސާކިޓް އެނަރަޖައިޒްކުރުމުގެ މަސައްކަތް މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ވަނީ ގްރޭޓަރ މާލެ ގްރިޑްގެ ފުރަތަމަ ސާކިޓް އެނަރޖައިޒްކުރުމުގެ މަސައްކަތް މި މަހުގެ 18 ވަނަ ދުވަހު ވެސް ކުރިއަށްގެންގޮސްފައެވެ.

ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓްއިން ގުޅާލެވޭ މަޝްރޫޢުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް