ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 22:20
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ މަނިކު (ރީކޯ)- މޫސަ ވިދާޅުވީ އެމްޑީޕީން އައްޔަނު ކުރާ ރައީސެއްގެ ފަހަތުގައި ތިއްބަވަން ޖެހޭނެ ކަމަށް
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ މަނިކު (ރީކޯ)- މޫސަ ވިދާޅުވީ އެމްޑީޕީން އައްޔަނު ކުރާ ރައީސެއްގެ ފަހަތުގައި ތިއްބަވަން ޖެހޭނެ ކަމަށް
މުހައްމަދު ޝަރުހާން
އެމްޑީޕީގެ އެތެރޭގެ ކޯޅުން
މިހާރު ހުންނެވި އެންމެ ތާއީދު ބޮޑު ވެރިޔަކީ ރައީސް ސޯލިޙު: ރީކޯ މޫސާ
 
އަމިއްލަ ޕާޓީގެ ތެރޭގައި "ތަޅާ ފޮޅުމަކީ" ޑިމޮކްރަޓިކް ޤައުމުތަކުގައި ކަން ހިނގަންވާނެ ގޮތެއް ނޫން
 
ޑިމޮކްރަޓިކް އުސޫލުތައް މުގުރާލައިގެން ނުވާނެކަމަށް މޫސަ ވިދާޅުވި
 
އެމްޑީޕީން އައްޔަނު ކުރާ ރައީސެއްގެ ފަހަތުގައި ތިއްބަވަން ޖެހޭނެ

އެމްޑީޕީގެ ތެރެއިން ބޭފުޅަކު ވެރިކަމަށް ގެނައުމަށް ބަލާއިރު ރާއްޖޭގައި މިހާރު ހުންނެވި އެންމެ ތާއީދު ބޮޑު ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙުކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތާއީދު ބޮޑު ސިޔާސީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ކަމަށެވެ.

މޫސަ ވިދާޅުވީ، އެމްޑީޕީން އައްޔަނު ކުރާ ރައީސެއްގެ ފަހަތުގައި ތިއްބަވަން ޖެހޭނެ ކަމަށެވެ. އެގޮތުން ދައުލަތް ހިންގާ ވެރިމީހާގެ ޝަރަފު ދެވަނަ ފަހަރަށް އެމްޑީޕީއަށް ލިބިފައިވާކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ، ވެރިކަން ލިބިވަޑައިގަތުމުން އަމިއްލަ ޕާޓީގެ ތެރޭގައި "ތަޅާ ފޮޅުމަކީ" ޑިމޮކްރަޓިކް ޤައުމުތަކުގައި ކަން ހިނގަންވާނެ ގޮތެއް ނޫން ކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވީ، އެމްޑީޕީން ގެނައި ފަދަ ތަރައްޤީއެއް މިހާތަނަށް އެއްވެސް ބަޔަކަށް ގެނެވިފައި ނުވާ ކަމަށެވެ. އެގޮތުން ޓެކްސް ނެގުމާއި، ދައުލަތަށް ލިބޭ އާމްދަނީއާއި، ބަޖެޓު ބެލެހެއްޓުމާ ގުޅޭގޮތުން އެމްޑީޕީން ގެނައި ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ކޮށްފައިވާކަން މޫސަ ފާހަގަ ކުރެއްވިއެވެ. އަދި އެމްޑީޕީން ގެނެސްފައިވާ ބަދަލުތަކާއި، ސިޔާސަތުތަކާއި، ޑިމޮކްރަޓިކް އުސޫލުތައް މުގުރާލައިގެން ނުވާނެކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އެމްޑީޕީ ބައިބައިވެފައިވާކަމަށް ޤަބޫލު ކުރައްވާނީ ޤައުމީ މަޖިލީހުން އެފަދަ ގޮތަކަށް ނިންމަވައިފިނަމަ ކަމަށެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުން އެމްޑީޕީ ރުޅާލަން މަސައްކަތް ކުރައްވަފާނެ ކަމަށް ޤަބޫލު ނުކުރެއްވޭކަމަށް މޫސަ ވިދާޅުވިއެވެ. ނަމަވެސް މަޖިލިސް ތެރޭގައި އެމްޑީޕީން ގޯސްތަކެއް ހައްދަވައިފި ކަމަށާއި، މަޖިލީހުގައި އަމިއްލަ ޕާޓީގެ ރައީސްއަށް އިސްތިއުފާއަށް ގޮވުން މޫސަ ވަނީ ކުށްވެރި ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
25%
75%
0%
ކޮމެންޓް