ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 19:09
ފުލުހުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން
ރާއްޖެއެމްވީ
13 އަހަރުގެ ކުއްޖާ މަރާލި މައްސަލަ
މަރާލި 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިހަފްތާ ތެރޭގައި ފޮނުވަނީ
 
މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން
 
ހަށިގަނޑަށް ލިބިފައިހުރި އަނިޔާތައް ދެނެގަތުމަށް އައިޖީއެމްއެޗްއިން އިތުރު ތަހުލީލުތައް ކުރިއަށް ގެންގޮސްފައިވޭ
 
މިހަފްތާ ތެރޭގައި ހަށިގަނޑު އިންޑިއާއަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުން

ރަހީނުކޮށް، މަރާލި 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު  ޕޯސްޓްމޯޓަމް  ހެދުމަށް މިހަފްތާ ތެރޭގައި ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިހަފްތާ ތެރޭގައި އިންޑިއާއަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރު އައިޖީއެމްއެޗަށް ގެންގޮސް، ހަށިގަނޑަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށް އިތުރު ތަހުލީލުތައް ވަނީ ކުރިއަށް ގެންގޮސްފަވެއެވެ.

ފުލުހުން ބުނެފައިވަނީ 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްގެން ގެންގުޅޭ މައްސަލައެއް ޖޫން މަހުގެ 20 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާތީ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ، ދަންވަރު 2:38ހާއިރު ކަމަށެވެ.

މި މައްސަލައާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވާއިރު، 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. ދެ މީހުންގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުން، މާރާމާރީ ހިންގުން، ރަހީނުކުރުން، އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާކުރުމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

ފުލުުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނައިރު، ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
28 ޖޫން 2021 | ހޯމަ 01:04
ބަބަހ
ވަރަށް ސީރިއަސް ވާނެ ހުރިހާ މައްސަލައެއްވެސް! ދިހަ ބާރަ އަހަރުވެސް ނުނިމޭނެ! އަހަރުން ނިމި ދާއިރުވެސް ތިޔަހެން ކިޔަ ކިޔާ ތިބޭނީ