Advertisement
ކ. މާލެ
|
25 މެއި 2021 | އަންގާރަ 08:16
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
މުންޝިދް
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު 2021
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ސެޕްޓެމްބަރު މަހަށް ފަސްކޮށްފި
އިންތިޚާބު ބޭއްވުމަށް ފަސްކޮށްފައިވަނީ 25 ސެޕްޓެމްބަރަށް
އިންތިޚާބު ފަސްކުރީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން
ޝަރުޠު ހަމަވާ ކެންޑިޑޭޓުން ދެނެގަތުމަށްފަހު ކެންޑިޑޭޓުންގެ ލިސްޓް އިޢުލާނު ކުރާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ދާއިރާތަކުގެ އިންތިޚާބު މި އަހަރުގެ 25 ސެޕްޓެމްބަރ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ މި އިންތިޚާބުގައި ވާދަކުރެވޭނީ، އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުން 8 މެއި 2021 ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 ގެ ކުރިން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށް އެކަނި ކަމަށެވެ. ޝަރުޠު ހަމަވާ ކެންޑިޑޭޓުން ދެނެގަތުމަށްފަހު ކެންޑިޑޭޓުންގެ ލިސްޓް އިޢުލާނު ކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީން މިނިންމުން ނިންމީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދީ، އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ، އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވާތީ ދާއިރާތަކުގެ އިންތިޚާބު 29 މެއި 2021 ގައި ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީއެވެ.

Advertisement

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި އައިއީޑީއެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެތަކެތި ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ.

މި ހާދިސާއާ ގުޅިގެން މީހުން ހައްޔަރުކޮށްފައިވާއިރު މިނިވަން ތަހުގީގަކަށް ފަހު އިންސާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. އަދި ހަމަލާގެ ފަހަތުގައި ތިބި އެހެން މީހުން ވެސް ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް