އާދީއްތަ 29 މާރޗް 2020
04 ރޭވަ
1441 ޝައުބާން 05
ފަތިސް 04:54
އިރުއަރާ 06:05
މެންދުރު 12:15
އަސްރު 15:14
މަޣްރިބް 18:17
އިޝާ 19:28
ވިޔަފާރި - މަޓީ

މަޓީގެ 30 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 23 ގައި

  • އަހަރީ އާންމު ޖަލްސާ އޮންނާނީ ކުރުނބާ ރިސޯޓުގައި
  • އެ އެސޯސިއޭޝަންގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުން

ސިމާހާ ނަސީމް
sim_kamana

ކ. މާލެ 14 ފެބުރުއަރީ 2020 | ހުކުރު 12:45 1,700

މަޓީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން - ސަން އޮންލައިން

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މަޓީން ބުނީ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކަމަށެވެ.

މިދިޔަ އަހަރު މަޓީ އިން ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން ވަނީ އެ ޖަމިއްޔާގެ ޗެއާމަންކަމަށް ކުރިން ވެސް ޗެއާމަނަކަށް ހުންނެވި މުހައްމަދު އުމަރު (އެމްޔޫ) މަނިކު އިންތިހާބުކޮށްފިއެވެ. އެމްޔޫ މަނިކަކީ މަޓީ ޖަމިއްޔާ އުފެދުނީއްސުރެ އެ ޖަމިއްޔާގެ ޗެއާމަންކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މަޓީގެ ވައިސް ޗެއާމަނުންގެ ގޮތުގައި ވެސް އިންތިހާބުވީ މިދިޔަ ދައުރުގައިވެސް އެ މަގާމުތަކުގައި ތިއްބެވި ޗަމްޕާ ކުންފުނީގެ ހިއްސާދާރު (ޗަމްޕާ) މުހައްމަދު އަފީފުއާއި ވޮޔޭޖެސް މޯލްޑިވްސްގެ ޑިރެކްޓަރު ސޮލާހު ޝިހާބެވެ. މަޓީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ވަނީ އެކްޒެކެޓިވް ބޯޑަށް ނުވަ މެމްބަރަކު ހޮވާފައެވެ.

ޓޫރިޒަމާ ގުޅޭ އދގެ އޭޖެންސީ، ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ގެ މެމްބަރޝިޕް، މަޓީއަށް ވަނީ މިދިޔަ އަހަރު ލިބިފައެވެ. ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަނަކީ ޒިންމާދާރު، ދެމެހެއްޓެނިވި އަދި ހުރިހާ އެންމެންނަށްވެސް ޝާމިލުވެވޭ ޓޫރިޒަމެއް ޕްރޮމޯޓުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ އދ. ގެ އޭޖެންސީ އެވެ. ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަންގެ އަހަރީ އާންމު ޖަލްސާތަކުގައި ރާއްޖެ ތަމްސީލުކުރުމުގެ ގޮތުން މަޓީ އިން ބައިވެރިވާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

މަޓީ އުފައްދާފައިވަނީ 1982 ވަނަ އަހަރުއެވެ. އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް