ކ. މާލެ
|
26 އޭޕްރިލް 2024 | ހުކުރު 08:03
ލަނޑު ޖެހުމަށްފަހު ހިންނަވަރު ކުޅުންތެރިން
ލަނޑު ޖެހުމަށްފަހު ހިންނަވަރު ކުޅުންތެރިން
ސިޑިބަރި
މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް
މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް: ހިންނަވަރަށް ފަސޭހަ މޮޅެއް، މާފަރަށް އުނދަގޫ މޮޅެއް
 
ހިންނަވަރު އޮތީ ދެ މެޗުންވެސް މޮޅުވެ އެއްވަނައިގައި

ނ.ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދާ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕްގައި ޅ.ހިންނަވަރުން ފަސޭހަ ބޮޑު މޮޅެއް އަދި މާފަރުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

ހިންނަވަރު ސްޕޯރޓްސް ކްލަބުން ފަސޭހަ މޮޅެއް ހޯދީ ނ.ޅޮހީ ފުޓްބޯޅަ ކްލަބް 11-0 ން ބަލިކޮށްގެންނެވެ. މެޗުގައި ގައުމީ ޓީމްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި ފުރަތަމަ ޑިވިޝަންގައި ކުޅެމުން އަންނަ އަލީ ނަސޫހު ރަޝީދު ހެޓްރިކް ހެދިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ ނަސޫހު މެޗުގައި ހަތަރު ލަނޑު ޖެހިއެވެ. މެޗުގައި ދެން ހިންނަވަރު ޓީމަށް ލަނޑު ޖަހައިދިނީ އަބްދުالله މިސާލްއާއި ހުސައިން ނިޔާޒު އާއި ވިޖާޒު އީސާފުޅެވެ. ހުސައިން ނިޔާޒު މެޗުގައި ދެ ލަނޑު ޖެހިއެވެ. ކުޅުނު ދެ މެޗުންވެސް މޮޅުވެ ހިންނަވަރު އޮތީ ގްރޫޕް އޭގެ އެއްވަނައިގަ އެވެ.

މުބާރާތުގައި މާފަރު ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. މާފަރު ފުރަތަމަ މެޗު ކާމިޔާބުކުރީ އަތޮޅު މާޅެންދޫއާ ވާދަކޮށް 3-2 ން ކުރި ހޯދައިގެންނެވެ. މާފަރަށް މެޗުގައި ލީޑް ނަގައިދިނީ ކުރިން ފުރަތަމަ ޑިވިޝަންގައި ކުޅުނު އެރަށު އައްޒާމް އަބްދުالله އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އައްޒާމް އެވެ. މާފަރަށް ދެވަނަ ލަނޑެއް ޖަހައިދިނީ އަބްދުލް ރައޫފް އެވެ. އޭގެފަހުން މާޅެންދޫން ނަތީޖާ ހަމަހަމަކުރީ ހަސަން ޖަވާދު އާއި, މޫސާ އަހުމަދު ލަނޑު ޖަހައިގެންނެވެ. ނަތީޖާ ހަމަހަމަ ކުރިއިރު މާޅެންދޫ ކީޕަރަށް ރަތްކާޑް ދައްކާފައިވާތީ އެޓީމުން ކުޅެމުން ދިޔައީވެސް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އޭރިޔާ ބޭރުން ބޯޅައިގައި އަތްލުމުން ދެއްކި ރަތް ކާޑެކެވެ. މެޗުން މާފަރު މޮޅުކޮށްދިން ލަނޑު ޖެހީ އަފްރާހު މުޙައްމަދު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް