ކ. މާލެ
|
2 މެއި 2024 | ބުރާސްފަތި 12:03
މެޗުގައި ލަނޑު ޖެހުމަށްފަހު މާފަރުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު މާފަރުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް
ދެވަނަ ޓީމްގެ ގޮތުގައި މާފަރު ސެމީއަށް
 
ކޮމެޓްސް ކަޓައިފި

ކެނދިކުޅުދޫ ކައުންސިލުން އެރަށުގައި ކުރިއަށްގެންދާ 'މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް' ގެ ސެމީފައިނަލުން މާފަރު ޖާގަ ހޯދައިފިއެވެ.

މާފަރު ސެމީގެ ޖާގަ ހޯދީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ 12 ޕޮއިންޓާއެކު އެވެ. ސެމީގެ ޖާގަ މާފަރުން ޔަގީންކުރީ ނ.ޅޮހީ ޓީމް 4-1 ން ބަލިކޮށް ހޯދި މޮޅުންނެވެ. މާފަރު މެޗު ކާމިޔާބުކުރީ ހަސަން ޔާސިރު އަދުނާނު ލަނޑު ޖަހާ ޅޮހީ ޓީމަށް ކުރި ހޯދައިދީފައި ވަނިކޮށެވެ. މާފަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީވެސް އަދި ލީޑް ނަގައިދިނީވެސް އައްޒާމް އަބްދުالله އެވެ. އަނެއް ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަރާޝް އައްސަދު އެވެ. ގްރޫޕް ސްޓޭޖްގައި މާފަރު ބަލިވީ ގްރޫޕްގެ އެއްވަނަ ހޯދައިގެން ސެމީއަށް ދަތުރުކުރި ހިންނަވަރު އަތުންނެވެ.

މުބާރާތުގައި 2-0 ން މާޅެންދޫ ބަލިކޮށް ޗެމްޕިއަން ކޮމެޓްސް ވަނީ ގްރޫޕް ސްޓޭޖް ނިންމާލާފައެވެ. މިފަހަރުގެ މުބާރާތް ކޮމެޓްސް ނިންމާލީ ސެމީގެ ޖާގަ ނުލިބިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް