ކ. މާލެ
|
7 މެއި 2024 | އަންގާރަ 08:44
މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް ޓްރޮފީ
މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް ޓްރޮފީ
މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް
ޗެމްޕިއަންކަން ހޯދީ ވިންޑް ވޯރިއާސް
 
މުބާރާތުގައި 10 ޓީމް ވާދަކުރި

ކެނދިކުޅުދޫ ކައުންސިލުން އެރަށުގައި ބޭއްވި 'މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް' ގެ ޗެމްޕިއަންކަން އެރަށަށް ނިސްބަތްވާ ވިންޑް ވޯރިއާސް ހޯދައިފި އެވެ.

ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ފައިނަލަޑް ދަތުރުކުރި ވިންޑް ވޯރިއާސް ޗެމްޕިއަންކަން ހޯދީ ސައްތައިން ސައްތަ ރެކޯޑަކާއެކު ފައިނަލަށް ދަތުރުކުރި ނައިފަރު ޗެލްސީގެ މައްޗަށް ފައިނަލްގައި ކުރި ހޯދައިގެންނެވެ. ފައިނަލް މެޗު ވިންޑް ވޯރިއާސް ކާމިޔާބުކުރީ 3-0 ނެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ވިންޑް ވޯރިއާސްއަށް ކުޅޭ ގައުމީ ޓީމްގެ އަބްދުالله ޔާމީނު (ޔާނު) އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ މާފަރު ޓީމްގެ އަރީން ޢަބްދުالله އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީރަކީ ވިންޑް ވޯރިއާސްގެ އިޔާން އަބްދުލް އަލީމް އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓް ހޯދީ މައިފަރު ޗެލްސީގެ ބިދޭސީ ކުޅުންތެރިޔާ ޖަމާލް އެވެ. އެންމެ މޮޅު ކޯޗަކީ ވިންޑް ވޯރިއާސްގެ އަބުދުއްސަލާމް އެވެ.

މިމުބާރާތުގައި 10 ޓީމް ވާދަކުރިއެވެ. އޭގެ ތެރެއިން ދެ ޓީމަކީ ޅ.އަތޮޅުގެ ދެޓީމެވެ. އަނެއް 8 ޓީމަކީ ނ.އަތޮޅުގެ ރަށްތަކުގެ ޓީމްތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް