ކ. މާލެ
|
5 މެއި 2024 | އާދީއްތަ 09:14
ފައިނަލަށް ދިއުމުން ނައިފަރު ކުޅުންތެރިން އުފާ ފާޅުކުރަނީ
ފައިނަލަށް ދިއުމުން ނައިފަރު ކުޅުންތެރިން އުފާ ފާޅުކުރަނީ
މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް
ފައިނަލްގައި ނައިފަރު ޗެލްސީ އާއި ވިންޑް ވޯރިއާސް
 
ފައިނަލް މެޗު ހޯމަ ދުވަހު

ކެނދިކުޅުދޫ ކައުންސިލުން އެރަށުގައި ކުރިއަށް ގެންދާ "މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް" ގެ ފައިނަލުން އެރަށު ވިންޑް ވޯރިއާސް އާއި ނައިފަރު ޗެލްސީ ޖާގަ ހޯދައިފި އެވެ.

ދެޓީމް ވެސް ފައިނަލަށް ދަތުރުކުރީ ސެމީފައިނަލް މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން, ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ފުރަތަމަ ސެމީފައިނަލްގައި ވިންޑް ވޯރިއާސް ކުރި ހޯދީ ސެމީފައިނަލް މެޗާ ހަމައަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހިންނަވަރާ ވާދަކޮށެވެ. ފުރިހަމަ ވަގުތު ލަނޑެއް ނުޖެހި އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ވިންޑް ވޯރިއާސް ކުރި ހޯދީ 5-3 ނެވެ. ވިންޑް ވޯރިއާސްއިން ވަނީ ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވިންޑްވޯރިއާސްގެ ގޯލް ބެލެހެއްޓި މާޒިޔާގެ ދެވަނަ ކީޕަރު އަބްދުالله އިޔާން އެވެ.

ބިދޭސީ ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ބޮޑު އެހެން ބައެއް ކުޅުންތެރިންނާއެކު ކުޅެމުންދާ ނައިފަރު ޗެލްސީން ފައިނަލަށް ދަތުރުކުރީ ޕެނަލްޓީގައި މާފަރު ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެޓީމްކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ޕެނަލްޓީގައި ނައިފަރު ޗެލްސީ ކުރި ހޯދީ 5-4 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ނައިފަރު ޗެލްސީގެ އަހުމަދު އަޝްރަފް އެވެ.

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް