ކ. މާލެ
|
26 އޭޕްރިލް 2024 | ހުކުރު 10:54
ބާސެލޯނާގެ ކޯޗު ޒަވީއާއެކު އަންޗެލޮޓީ
ބާސެލޯނާގެ ކޯޗު ޒަވީއާއެކު އަންޗެލޮޓީ
ރޮއިޓާސް
ކާލޯ އެންޗެލޯޓީ
ޒަވީގެ ނިންމުން ރަނގަޅު: އެންޗެލޯޓީ
 
އަހަރެން ވެސް އެތައް ފަހަރަކު ނިންމުން ބަދަލުކުރިން: އެންޗެލޯޓީ

ސްޕޭނުގެ ބާސެލޯނާގެ ކޯޗުކަމުގައި ދެމި ހުރުމަށް ޒަވީ ހަނާންޑޭޒް ނިންމުމުން އެކަމަށް ވާދަވެރި ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޯޓީ މަރުހަބާ ކިޔައިފި އެވެ.

ޔޫރަޕުގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމަށްވާ އެންޗެލޯޓީ ބުނީ ޒަވީ ވަނީ ބާސެލޯނާގައި މިދިޔަ ދެ އަހަރު ރަނގަޅު މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.

އޭނާގެ ނިންމުން ރަނގަޅު. އޭނާ އަކީ ކުލަބު ވަރަށް ރަނގަޅަށް އެނގޭ މީހެއް. އެފަދަ މީހަކު އޭނާގެ ނިންމުން ބަދަލުކޮށް، ކުލަބުގައި މަޑުކުރަން ނިންމާނީ ވަރަށް ވިސްނާފައި. އަހަރެން އެކަމަށް މަރުހަބާ ކިޔަން
އެންޗެލޯޓީ

އޭނާ މިހެން ބުނާ ސަބަބަކީ ކޮބައިތޯ ނޫސްވެރިން ސުވާލުކުރުމުން އެންޗެލޯޓީ ބުނީ އޭނާ ވެސް މީގެ ކުރިން އެފަދައިން އަމަލުކޮށްފައިވާ ކަމަށެވެ.

ކިތައް ފަހަރު އަހަރެން ނިންމުން ބަދަލުކުރީ. އެހެންވީމާ އެއީ ރަނގަޅު ނިންމުމެކޭ އަހަރެން މި ބުނަނީ. ޒަވީ އަކީ އަދި ވަރަށް ޒުވާން ކޯޗެއް. އޭނާގެ ކުލަބަކީ ބާސެލޯނާ. ކާމިޔާބު ހޯދަން އެންމެ ފަސޭހަވާނީ ވެސް އެތަނުގައި
އެންޗެލޯޓީ

ޒަވީ ބާސެލޯނާގައި މަޑުކުރަން ނިންމީ މި ސީޒަނަށް ފަހު ކޯޗުކަން ދޫކޮށްލާނެ ކަމަށް ޖެނުއަރީ މަހު އިއުލާނުކުރުމަށްފަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް