ކ. މާލެ
|
26 އޭޕްރިލް 2024 | ހުކުރު 08:02
ސިޓީގެ ފަހު ލަނޑު ޖެހުމަށްފަހު އަލްވަރޭޒް ފޮޑެންއާއެކު އުފާފާޅުކުރަނީ
ސިޓީގެ ފަހު ލަނޑު ޖެހުމަށްފަހު އަލްވަރޭޒް ފޮޑެންއާއެކު އުފާފާޅުކުރަނީ
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
ބްރައިޓަން އަތުން ފަސޭހަ މޮޅެއް ހޯދައިގެން ސިޓީ ދެވަނަ އަށް
 
މެޗުގެ އަދަދު ހަމަކުރާއިރު އެއްވަނަ ހޯދުމުގެ ފުރުޞަތު އޮތީ ސިޓީއަށް

ބްރައިޓަން އަތުން ފަސޭހަ މޮޅެއް ހޯދައިގެން އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ދެވަނަ އަށް މެންޗެސްޓަރ ސިޓީ ޖެހިލައިފި އެވެ.

މިވަގުތު ސިޓީ ދެވަނައިގައި އޮތަސް ސިޓީއަށްވުރެ ކުރީގައި އޮތް އާސެނަލްއާ މެޗުގެ އަދަދު ހަމަކުރާއިރު އެއްވަނަ ހޯދުމުގެ ފުރުޞަތު އޮތީ ޗެމްޕިއަން ސިޓީއަށެވެ. އާސެނަލް އަސްވުރެ މެޗެއް މަދުން ކުޅެގްނ މިވަގުތު ދެޓީމްގެ މެދުގައި ޕޮއިންޓެއްގެ ފަރަގެއް އެބައޮތެވެ. ބްރައިޓަން އަތުން ސިޓީ ކުރިހޯދީ 4-0 ނެވެ. މެޗުގެ 17 ވަނަ މިނިޓްގައި ސިޓީއަށް ލީޑް ނަގައިދިނީ ކެވިން ޑި ބުރައިނާ އެވެ. ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ފުރަތަމަ ހާފްގައި ޖެހީ ފިލް ފޮޑެން އެވެ. ސިޓީގެ ފަހު ލަނޑު ދެވަނަ ހާފްގައި ޖެހީ އަލްވަރޭޒް އެވެ. ސިޓީން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ ކައިލް ވޯކާ އެވެ.

މިމޮޅާއެކު ސިޓީ ދެވަނައިގައި އޮތީ 33 މެޗުން 76 ޕޮއިންޓާ އެކުއެވެ. އެއްވަނައިގައި އާސެނަލް އޮތީ 34 މެޗުން 77 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ލިވަޕޫލް އޮތީ 34 މެޗުން 74 ޕޮއިންޓާ އެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް