ކ. މާލެ
|
29 ނޮވެންބަރ 2023 | ބުދަ 18:26
ވެރިކަމަށް ވަޑައިގެންނެވުމަށް ދެއްކި ގޮނޑިކޮޅު މިއަދުވީތަނެއްވެސް ނޭނގޭ
ވެރިކަމަށް ވަޑައިގެންނެވުމަށް ދެއްކި ގޮނޑިކޮޅު މިއަދުވީތަނެއްވެސް ނޭނގޭ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
އޭ މިހިރަ ފެންނަ ހުސް ގޮނޑިޔާއެވެ. ތިބާގެ ބޭނުން ހިފާ ނިމިއްޖެއެވެ. ދެންވަރިހަމައެވެ.
 
ވެރިކަމަށް އަރާ ޔާމީން އަތުން ޕާޓިވެސް އަތުލައިފި
 
ވެރިކަމަށް ވަޑައިގަތީ ޔާމީންގެ ފޮޓޯ ވިއްކައިގެން
 
ކެމްޕޭނުގައި ރައީސް ޔާމީނަށް ޙާއްސަ ގޮނޑިކޮޅެއް ބަހައްޓަވާ

ރިޔާސީ އިންތިހާބުގެ ދުވަސްވަރެވެ. ރައީސް ޔާމިން އެންޑޯޒްކުރެއްވި ކަމަށްބުނާ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ކުރައްވަމުން ގެންދެވި އިރު، ޖަލްސާތަކުގައި އެންމެން ލޮލުގައި އަޅައިގަތީ އެންމެ ކަމެކެވެ. އެއީ ރައީސް ޔާމީންގެ ނަންފުޅު ޖަހާފައި ބައިންދާފައި އިންނަ ހުސް ގޮނޑިއެކެވެ. އެއީވެސް އަލަށް ބަޔަކު ޖެއްސި ސްޓަންޓެކެވެ. ވެރިކަން ހޯދުމަށް މިފަހުން ބަޔަކު ޖެއްސި އެންމެ މަކަރުވެރި އެއް ސްޓަންޓެވެ.

ޔާމީން ގެ ފޮތޯ އާއި ނަން ވިއްކަވައިގެން ވެރިކަމަށް ވަޑައިގަތުމަށްފަހު މިހާރު އެއްކަލަ ގޮނޑި ވީތަނެއްވެސް ނޭނގެއެވެ. އިންތިހާބު ކާމިޔާބުކުރެވުމާއެކު އެ ގޮނޑިމަތިން ހަނދާންވެސް ނެތިއްޖެއެވެ. ގޮނޑި އެކަންނެއް ނޫންނެވެ. ވައުދު ވަމުން ވަޑައިގެންނެވި ފަދައިން ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަނެއްވެސް ނުކުރެއްވިއެވެ. ވެރިކަމަށް ވަޑައިގަތުމަށް ބޭނުން ކުރެއްވި ހުސް ގޮނޑި މަތިން މުޅިން ހަދާން ނެތިއްޖެއެވެ.

ގޮނޑި އެއްލާލާފައި ޔާމީން އެޕާޓީއެއް ދެކެ އެންމެ ލޯބިވާ ޕާޓީވެސް ނުވިތާކަށް އަތުލައިފިއެވެ. މަކަރުވެރި ރޭވުމަކުން ހުރިހާ އެއްޗެއްވެސް ޖަހައިގަތީއެވެ. އެންމެ ފަހުން އެކުގައި ނުކުތް މީހުން ރުޅިއައިސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިތާ ހަފުތާއެއް ނުވެ، ރައީސް މުއިއްޒުގެ އިސްތިއުފާއަށްވެސް ގޮވަން ފަށައިފިއެވެ.

ވެރިކަން ލިބިވަޑައިގަތުމާއެކު ކިބުވެރިވެ ހުސް ގޮނޑިމަތިން ހަނދާން ނައްތާލާ ހޮވި ވަޑައިގަތް ފަހުން ރައީސް ޔާމީންގެ ފޯންކޯލް އެއްވެސް ނުނަންގަވައެވެ. ރައީސް ޔާމީނާ އެއްވެސް ކަމެއްގައި މަޝްވަރާވެސް ނުކުރައްވައެވެ. މިހާރު ފެންނަން އޮތް ހަގީގަތަކީ، ރައީސް މުއިއްޒާއި ލީޑާޝިޕްގެ ބޭފުޅުން ޔާމީންގެ ފަހަތްޕުޅުގައި އޭރު ތިއްބެވީ އެހެން ބޭނުމެއް އޭގެ ފަހަތުގައި އޮވެގެން ކަމެވެ. އަދި އެ ބޭނުން ފުދުމާ އެކު، ޔާމީންގެ އިރުޝާދެއް، މަޝްވަރާއެއް އަދި ލަފައެއް ވެސް ލީޑާޝިޕުން ބޭނުން ނުވެއެވެ. މިއަދު ހުސް ގޮނޑިވެސް ނެތީއެވެ. ޔާމީނެއް ކާސިމެއް ގާސިމެއް ވެސް ބޭނުން ނެތީއެވެ.

ވެރިކަން ލިބުނީމާ ދެން ހުރި ހުރިހާކަމެއް މަތިން ހަނދާން ނެތުނީއެވެ. އިހައްދުވަހު އަބްދުއްރަހީމް ފަދަ، ރައީސް ޔާމީން ފެނިވަޑައިގަތުމުން ހިފަހައްޓާ ނުލެވޭ ވަރަށް ލޮލުން ކަރުނަ އޮއްސަމުން ވަޑައިގެންނެވި ބޭބޭފުޅުންގެ މޫނުމަތިން ފެންނަނީ ޔާމީންގެ ނަން އަޑު އިވުނަސް ފަކުރުގަންނަ ފަދަ ގޮތެކެވެ.

މިއަދު އެއްކަލަ ގޮނޑިވެސް ގެއްލިއްޖެއެވެ. އެއްކަލަ ޔާމީން ވެސް ކަމަކުނުދިޔައެވެ. ޕާޓީވެސް ޖަހައިގަތީއެވެ. ބަގާވާތެއް ކޮށް ޕާޓީން ބޭރުވެސްކޮށްލީއެވެ. މިއަދު މަގަމާއި ވެރިކަމާއި އާރާއި ބާރު ލިބުމުން އެ ދުވަހު އެޅި ކިނބުލުގެ ކަރުނައިގެ ހަގީގަތް ފެނިއްޖެއެވެ. އޭ މިހިރަ ދިރުމެއްނުވާ ހުސް ގޮނޑިޔާއެވެ. ބަޔަކު ތިބާގެ ބޭނުން ކޮއްފަވަނީ ބަޔަކުމީހުން ލޮލުގައި އަދުން އަޅުވައި ގުބޯ ހައްދައިގެން ވެރިކަންހޯދާށެވެ. ތިބާގެ މިސާލަކީ ކެޔޮގަނޑު ކަނޑާލައިފައިވާ ގަހެއްގެ މިސާލެވެ. ބޭނުން ކެނޑުނީއެވެ. އެއްލާލަންވީއެެވެ.

ކޮމެންޓް