ކ. މާލެ
|
28 މެއި 2023 | އާދީއްތަ 12:33
ރައީސް ފ. ބިލެއްދޫ އިންޖީނުގެއާއި ފެނަކައިގެ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ފ. ބިލެއްދޫ އިންޖީނުގެއާއި ފެނަކައިގެ އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރައީސް ފ. އަތޮޅަށް ކުރައްވާ ދަތުރުފުޅު
ކޮވިޑުގެ ތެރޭގައި ބެލީ ބުރަބޮޑުވި ނަމަވެސް ރައްޔިތުންނަށް ދަތިނުވާގޮތަށް ކަންކަން ކުރަން: ރައީސް
 
ސީޝެލްސްއިން ރާއްޖެއިން އެޅި ފިޔަވަޅުތައް ނަކަލު ކުރި
 
ސަރުކާރުން ސިޔާސަތުތައް ކަނޑައަޅަން ވާނީ އެކަމެއްގައި ހިމެނޭ ހުރިހާ ބައެއްގެ ލަފަޔާ މަޝްވަރާ ހޯދައިގެން
 
ކޮވިޑުގެ ތެރޭގައި ބިލެއްދޫގެ 53 މަސްވެރިންނާއި 16 ވިޔަފާރިއަކަށް 9.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ

ދުނިޔެއަށް ދިމާވި އާލަމީވަބާ ކަމަށްވާ, ކޮވިޑާ ގުޅިގެން ސަރުކާރަށް ބުރަ ބޮޑުވި ކަމަށާއި ނަމަވެސް އޭރު ސަރުކާރުން ބެލީ ބުރަބޮޑުވި ނަމަވެސް ރައްޔިތުންނަށް ދަތިނުވާގޮތަށް ކަންކަން ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ފ. ބިލެއްދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ކޮވިޑުގެ ތެރޭގައި ބިލެއްދޫއަކީ ފ. އަތޮޅުގައި އެންމެ ފުރަތަމަ ލޮކްޑައުން ކުރަން ޖެހުނު ރަށް ކަމަށާއި އޭރު ރަށުގެ މަސްވެރިންނާއި ވިޔަފާރިވެރިންނަށް ދިމާވި ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރި ކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން, ބިލެއްދޫގެ 53 މަސްވެރިންނާއި 16 ވިޔަފާރިއަކަށް 9.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެމުން އައީ އެފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ބުރަ ނުޖެއްސުމަށް ކަމަށެވެ. ސަރުކާރަށް ބުރަ ބޮޑުވި ނަމަވެސް ސަރުކާރުން ނަގަން ޖެހޭ ޒިންމާއެއް ނަގައި, ރައްޔިތުންނަށް ދަތިނުވާ ގޮތަށް ކަންކަން ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި މިއަދު ރާއްޖެއަށް އާދެވިފައި މިއޮތް ހިސާބަކީ އޭގެ ސަބަބުން އާދެވިފައިވާ ހިސާބެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ދިވެހި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ލަންކާގެ އޭރުގެ މިނިސްޓަރަކު އެމަނިކުފާނާ ބައްދަލުވުމުން އެ ޤައުމަށް ކޮވިޑު ތެރޭގައި ހެދުނު އެންމެ ބޮޑު ގޯހަކީ ފަށާފައިވާ ބޮޑެތި މަޝްރޫއުތައް މަޑުޖައްސާލުން ކަމުގައި ވިދާޅުވިއެވެ. އޭގެ ސަބަބުން ވަޒީފާތައް ގެއްލި ވިޔަފާރިތައް ހުއްޓި މުޅި ޤައުމު ހުއްޓުނު ކަމަށާއި ބޯޑަރު ބަންދުކޮށް ފަތުރުވެރިކަން ހުޅުވާނުލައި ދިގު ދަންމާލުމަކީ ވެސް ހެދުނު ގޯހެއް ކަމަށް އޭނާ ވިދާޅުވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް މިއަދު މިއޮތް ހިސާބަށް އާދެވިފައި ވަނީ އޭރު ސަރުކާރުން ނިންމި މުހިންމު ނިންމުންތަކުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި ކަމަށް ރައީސް ވިދާޅުވިއެވެ.

ސީޝެލްސްގެ ރައީސްގެ ފޯނުކޯލެއްގެ ވާހަކަފުޅު ހިއްސާ ކުރައްވައި ރައީސް ވިދާޅުވީ ކޮވިޑުގެ ކުރީ ކޮޅު އެމަނިކުފާނު ވެސް ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހޯއްދެވި ކަމަށެވެ. އަދި މި ފަހުން ދިމާވުމުން, ކޮވިޑު ތެރޭގައި ރާއްޖެއިން އެޅި ފިޔަވަޅުތައް ބަލައިގެން އެގޮތަށް ކަންކަން ކުރި ކަމަށް ވިދާޅުވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑުގައި ރާއްޖެއަށް މުހިންމު ނިންމުންތަކެއް ނިންމުނީ އެކަމުގައި ހިމެނޭ ހުރިހާ އެންމެންގެ މަޝްވަރާއާއެކު ސިޔާސަތުތައް ކަނޑައަޅައިގެން ކަމަށެވެ. އެހެންކަމުން ސަރުކާރުން ސިޔާސަތުތައް ކަނޑައަޅަން ވާނީ އެކަމެއްގައި ހިމެނޭ ހުރިހާ ބައެއްގެ ލަފަޔާ މަޝްވަރާ ހޯދައިގެން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތްތައް ކުރަމުން ގެންދާނީ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ލަފަޔާ މަޝްވަރާއާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް