ކ. މާލެ
|
18 އޭޕްރިލް 2024 | ބުރާސްފަތި 18:06
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ރާއްޖޭގެ ތަރައްގީގެ ސިޔާސަތު
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
 
އެމްޑީޕީން މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި
 
މިސަރުކާރުން މަސައްކަތް ކުރަނީ ލާމަރުކަޒީ ނިޒާމު ވެސް ފުޑުފުޑުކޮށްލަން
 
މިސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންތައް އެތަނަކަށް ޖަމާކޮށް، މާލެ ސަރަހައްދު ތަރައްގީ ކުރަން

ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ.

ބާރަށުގައި ބުރާސްފަތި ދުވަހު ބޭއްވި މިސްރާބު ހަމަމަގަށް ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ ހއ.މިރަށްތަކަކީ އިގްތިސާދީ އެތައް ފައިދާއެއް ހޯދޭނެ ރަށްތަކެއް ކަމަށެވެ. އެއީ ރީތި ފަޅުތަކާއި ހުދު ގޮނޑުދޮށްތަކާއި، ދަނޑުވެރިކަމަށް ރަނގަޅު ރަށްތަކެއް ހުރިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ގުދުރަތީ ގޮތުން ލިބިފައިވާ މުއްސަންދިކަން ބޭނުންކޮށް އަތޮޅަށް ތަރައްގީކުރެވޭނީ ސަރުކާރުގެ އެވިސްނުން ހުރެގެންކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ ކުދިއާބާދީގެ ރަށްތައް ތަރައްގީ ކުރުމުގެ ވިސްނުން މިސަރުކާރުގެ ނެތް ކަމަށެވެ. މިސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންތައް އެތަނަކަށް ޖަމާކޮށް، މާލެ ސަރަހައްދު ތަރައްގީ ކުރަން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ސިޔާސަތަކީ އަބަދުވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްގީއާއި ބޭނުންވާ ޚިދުމަތްތައް އެބަޔަކު ތިބި ތަނަކުން އެބަޔަކަށް ފަސޭހައިން ހޯދައިދިނުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ދެއްވާ ސްޕީޗްތަކުންނާއި ދައްކަވާ ވާހަކަފުޅުތަކުން ވަރަށް ވަރަށް ސާފުކޮށް އެކަން ހާމަވަގެންދޭ. ތިމަންނަގެ ވިސްނުމެއް ނެތޭ ކުދި އާބާދީތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭކަށެއް. ތިމަންނަގެ ވިސްނުމެއް ނެތޭ މާލެ ކައިރި އެހެންތަނެއް ތަރައްގީ ކުރާކަށް. މިކަން ހުއްޓުމަކަށް ގެންނަންޖެހޭ. މިމިސްރާބަށް މިސަރުކާރު ދާކަމަށްވަންޏާ ރާއްޖެ ގޮސް އަނެއްކާ ވެސް ވެއްޓޭނީ ބިރުވެރި ނާމާން އަދަވަޅެއްގެ ތެރެއަށް.
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ލާމަރުކަޒީ ނިޒާމަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ ނިޒާމު ވެސް ފުޑުފުޑުކޮށްލަން ކަމަށެވެ. މިސަރުކާރުން އެޓޯލްސް މިނިސްޓްރީ އުފައްދައި، ބާރުތައް މިހާރު ވެސް ނަގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީވެސް އަޅުވެތިކަމެއްގެ ތެރޭގައި ގައުމު އޮތް ދުވަސްވަރެއްގައި ކަމަށެވެ. ނަމަވެސް އެދުވަހު މަސައްކަތް ކުރީ ރައްޔިތުންގެ ހައްގުގައި ކަމަށާއި، މިއަދު ވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރައީސް މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން - ރައީސް ޞާލިޙު
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
މިސަރުކާރުގެ ކެންޑިޑޭޓުންނަށް ދެވޭ ވޯޓަކީ ކުދިރަށްތަކުގެ ތަރައްގީއާއި ދެކޮޅަށް ދެވޭ ވޯޓެއް: ރައީސް ޞާލިޙް
އަރާ ކޮންމެ ރަށަކުން ފެންނަނީ މާކަނާއެއްހެން ތުންގަނޑު ބިމަށް ހަރައިގެން ހުރި އެސްކަވޭޓަރުތަކެއް - ރައީސް ސާލިހު