Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 12:36
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު
ރައީސް އޮފީސް
ފަލަސްތީނަށް ފޮނުވަން ނިންމި މަސްދަޅުތައް
ފަލަސްތީނަށް ފޮނުވަން ނިންމި މަސްދަޅުތައް އަދިވެސް ނުފުނޮވާ، އާދީއްތަ ދުވަހު ފުރަތަމަ ޝިޕްމަންޓް ފޮނުވަނީ
ރައީސް ޑރ މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާފައިވަނީ މި އެހީ ފަލަސްތީނަށް ހަދިޔާކުރުމަށް ބޭނުންވާ ފައިސާ މިފްކޯއަށް ދައްކައި، ފްރައިޓް ޗާރޖުވެސް ދައްކާފައިވަނިކޮށް
މަސްދަޅު ކޭސްތަކުގެ ތެރެއިން 7،800 ކޭސް އަންނަ އާދިއްތަ ދުވަހު ފޮނުވާނެ

ފަލަސްތީނުގެ ރައްޔިތުންނަށް މިދިޔަ ސަރުކާރުން ހަދިޔާކުރަން ނިންމި މަސްދަޅު އަދިވެސް ނުފޮނުވާ ކަމަށާއި، ފުރަތަމަ ޝިޕްމަންޓް ފޮނުވޭތީ އާދީއްތަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ފޮނުވަން ނިންމި މަސްދަޅު ކޭސްތަކުގެ ތެރެއިން 7،800 ކޭސް އަންނަ އާދިއްތަ ދުވަހު ފޮނުވާނެ ކަމަށެވެ.

މަސްދަޅު ފޮނުވުމަށް ހަމަޖެހިފައިވަނީ މިސްރުގެ ރެޑްކްރެސެންޓް މެދުވެރިކޮށެވެ. އަދި އެތަކެތި އެގޮތަށް ފޮނުވުމުން ލިބޭނީ 40 ދުވަސް ފަހުން ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ. އަދި އެއާއެކު ފަލަސްތީނުގެ ރެޑްކްރެސެންޓުން އެތަކެތި ބަހަން ފަށާނެއެވެ.

Advertisement

ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިސަރުކާރުން އެއް މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގައި ފަލަސްތީނުގެ ރައްޔިތުން ޙާލުގައި ޖެހެމުންދާތީ ދިވެހި ސަރުކާރުން އެކަމަށް އަވަސް އެހީއެއް ވުމުގެ ގޮތުންނެވެ.

ވެރިކަން ބަދަލުވެ މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ހުވާ ކުރައްވާފައިވަނީ އެއް މިލިއަން ކަނޑު މަސްދަޅު ހަދިޔާކުރުމަށް ބޭނުންވާ ފައިސާ މިފްކޯއަށް ދައްކައި، އެ ފޮނުވުމަށް ބޭނުންވާ ފްރައިޓް ޗާރޖުވެސް ދައްކައި، ފޮނުވުމުގެ މަރުޙަލާގައި ވަނިކޮށެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް އެ މަސްދަޅުތައް އިންތިޚާބުގެ ބޭނުމަށް ބަހާފައިވާކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ.

Advertisement

Advertisement
- ކޮމެންޓް