ކ. މާލެ
|
6 މެއި 2023 | ހޮނިހިރު 18:44
އެމް ސަވާރީ ބޯޓުގެ ފަޅުވެރިން ކޯސްޓު ގާޑަށް ނަގަނީ
އެމް ސަވާރީ ބޯޓުގެ ފަޅުވެރިން ކޯސްޓު ގާޑަށް ނަގަނީ
އެމްއެންޑީއެފް
ކަނޑުމަތީގެ ހާދިސާއެއް ހިނގުން
ދިޔަވި ލޯންޗް ފެނިއްޖެ، މީހުންގެ ހާލު ރަނގަޅު
ލޯންޗު މިހާރު މަގޫދޫ ކައިރިން، އަތޮޅަށް ވަންނަން ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނޭ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައި، ދިޔަވި ލޯންޗް މިހާރު ފެނިފައިވާ ކަމަށާއި, ލޯންޗު ދ. މީދުއަށް ވަންނަން ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ .

އެމްއެންޑީއެފުން ބުނިގޮތުގައި އެ ލޯންޗަކީ މާލެއިން ދ. މީދޫއަށް ދަތުރުކުރި ސްޕީޑް ލޯންޗެކެވެ. އެމްއެންޑީއެފުން ވަނީ އެއިން ދަތުރުކުރި މީހުންގެ ހާލު ރަނގަޅުކަމަށް ބުނެފައެވެ.

އެ ލޯންޗަށް ފ. ފީއަލީގެ ހަތް މޭލު ބޭރުން ރާޅެއް އެރުމުގެ ސަބަބުން ސިފައިން ދަނީ ހަރަކާތްތެރިވަމުންކަމަށް އެމްއެންޑީއެފުން ހާމަކުރީ 05:40ގައެވެ.

އެހެންނަމަވެސް އެމްއެންޑީއެފުން ވަނީ ލޯންޗް ލޮކޭޓް ނުކުރެވި ލޯންޗާއި ގުޅުން ކެނޑިފައިވާކަން އޭގެ ފަހުން ހާމަކޮށްފައެވެ. އެއީ 05:49ގައެވެ. އޭގެ ފަހުން 06:26 ހާއިރު, ލޯންޗުގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

30 މީހުންނާއެކު ދަތުރުކުރި އެ ލޯންޗުގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ވަނީ އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ފ. ފިލިތެޔޮ ރިސޯޓުން ދޯންޏަކާއި، ފީއަލިން ދޯންޏަކާއި ސްޕީޑް ބޯޓެއް ފުރާފައިވާކަމަށް ބުނެފައެވެ.

އެ ލޯންޗް ދ. މީދުއަށް ދަތުރުކުރަމުންދާކަމަށާއި ކޯސްޓް ގާޑް ހާބަރ ކްރާފްޓުވެސް އޭގެ ކައިރީގައި އޮތްކަމަށް 06:48ގައި އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

07:09ގައި ދ. މީދޫ ހާބަރަށް ރައްކާތެރިކަމާއެކު ލޯންޗަށް ވަނީ ދެވިފައެވެ.

- ކޮމެންޓް