ކ. މާލެ
|
2 ނޮވެންބަރ 2021 | އަންގާރަ 16:50
ރާއްޖެ ވިއްކާލުމާ ދެކޮޅަށް ކަމަށްބުނެ (ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފަށް) އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ރާއްޖެ ވިއްކާލުމާ ދެކޮޅަށް ކަމަށްބުނެ (ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފަށް) އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ރާއްޖެއެމްވީ
އިންޑިއާ އައުޓް ހޭޝްޓެގް
އިންޑިއާ އައުޓް ހޭޝްޓެގް ގިނައިން ފަތުރަނީ ބޮޓް އެކައުންޓުތަކުން
 
މިގޮތަށް ވާހަކަ ދައްކަމުން ދަނީ ބަޔަކު ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް
 
މިއީ އިންޑިއާއާމެދު ނަފުރަތު އުފެއްދުމުގެ މަގުސަދުގައި މަދު ބަޔަކު އަޑީގައި ތިބެގެން ހިންގަމުންދާ ކަމެއް
 
އެއީ 2000އެއްހާ އައިޑީން ކޮށްފައިވާ ޕޯސްޓުތައް

އިންޑިއާ އައުޓް ހޭޝްޓެގް ގިނައިން ފަތުރަނީ ބޮޓް އެކައުންޓުތަކުންކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

ކޮލަމްބޯ އިންފޮރމޭޝަން އޭޖެންސީން 30 އޮކްޓޯބަރުގައި އާންމުކޮށްފައިވާ ރިޕޯޓަކާ ހަވާލާދީ ލަންކާގެ ޓޭލް ސިލޯން ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، 2019 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ އިންޑިއާ އައުޓް ހޭޝްޓެގް ފަތުރަމުންދާ އައިޑީތަކުގެ ތެރެއިން ގިނައީ ފޭކް (ބޮޓް) އައިޑީތަކެވެ. އެގޮތުން ގާތްގަނޑަކަށް 60،000 އެއްހާ ފަހަރު މި ހޭޝްޓެގް ޓްވިޓަރ ގައި ދައުރުކޮށްފައިވާއިރު، އެއީ 2000އެއްހާ އައިޑީން ކޮށްފައިވާ ޕޯސްޓުތައްކަން މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުން މިއީ އިންޑިއާއާމެދު ނަފްރަތު އުފެއްދުމުގެ މަގުސަދުގައި, މަދު ބަޔަކު އަޑީގައި ތިބެގެން ހިންގަމުންދާ ހޭޝްޓެގެކެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ބިނާކޮށް، އިންޑިއާއިން ރާއްޖެއަށް ނުފޫޒު ފޯރުވައި، އެ ގައުމުގެ އަޅުވެތިކަމުގެ ދަށަށް ދިވެހިރާއްޖެ ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް "އިންޑިއާ އައުޓް" ހޭޝްޓެގް ބޭނުންކުރާ މީހުން ދަނީ ބުނަމުންނެވެ. ނަމަވެސް މިފަދައިން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާމެދު ވާހަކަ ދައްކަމުން ދަނީ ބަޔަކު ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ކަަމަށް ގިނަ ބަޔަކު ދެކެއެވެ.

މިހާރު ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ބައިނަލްއަޤްވާމީ މުޖްތަމައުން ބަލައިގަންނަ އިހުތިރާމްކުރާ ސިޔާސަތެކެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ދުނިޔެއާއި ހަވާސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ދިވެހިރާއްޖެއަކީ ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތެއް އޮތް ގައުމެއްކަން ހާމަކޮށްދިނުމަށް އެތައް މަސައްކަތެއް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. 

އޭގެ އިތުރުން، ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ބިނާކުރުމަށް ރައީސް ޞާލިޙުގެ ސަރުކާރުން ހުއްދަ ދީފައިވާކަމަށް ބުނެ ވެސް މި ހޭޝްޓެގް ފަތުރާފައިވެއެވެ. އެހެން ނަމަވެސް، މިއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށާއި، ރައީސް ޞާލިޙުގެ ސަރުކާރުން ރާއްޖެއާއި އިންޑިއާއާމެދު ޚާރިޖީ ގުޅުން ބަދަހި ކުރުމަށް ކުރެވޭ މަޝްވަރާތަކުގެ ދަށުން, އެއްވެސް އިރެއްގައި ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ބިނާ ކުރުމަށް މަޝްވަރާ ކުރެވިފައި ނުވާކަން ވަނީ ހާމަވެފައެވެ.

އޭގެ ބަދަލުގައި މަޝްވަރާ ކުރެވެމުންދަނީ ދިވެހިރާއްޖެއާއެކު ގުޅުން ބަދަހިވެފައިވާ ދޭދޭ ގައުމުތަކުގެ އެހީގައި އަސްކަރީ ތަމްރީނުތައް ހިންގުމާއި، އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، އިންޓެލިޖެންސަށް ލިބިފައިވާ މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްތަކުގައި ދިވެހި ރާއްޖެއިން ބައިވެރިވުން ފަދަ ކަންކަމާމެދުއެވެ.

އޭގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހެލިކޮޕްޓަރުތަކުގެ އޮޕަރޭޝަންސްތައް ވެސް ހިންގަމުންދަނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުންނެވެ. އެގޮތުން މީގެ ތެރެއިންވެސް 2 ހެލިކޮޕްޓަރަކީ 2013 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާއިން ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފައިވާ 2 ހެލިކޮޕްޓަރެވެ.

މި ހެލިކޮޕްޓަރުތައްވެސް އެމްއެންޑީއެފުން ބޭނުން ކުރަމުންދަނީ އިމަރޖެންސީ ހާލަތްތަކުގައި މާލެއަށް ބަލިމީހުން އުފުލުމާއި، ކަނޑުގެ ހާދިސާތަކުގައި މީހުންނާއި އުޅަނދު ފަހަރު ހޯދުން ފަދަ އޮޕަރޭޝަންސްތަކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
40%
0%
0%
50%
0%
10%
ކޮމެންޓް
3 ނޮވެންބަރ 2021 | ބުދަ 11:55
އަހަންމަ
އެހެންވެތާ އެއްބަސްވުން ހާމަކުރަން ނުކެރިގެން މިއުޅެނީ
ގުޅުންހުރި
އިންޑިޔާ ސިފައިންގެ ފަހު ބެޗް މިމަހުގެ 10ގެ ކުރިން ފުރާނެ: ފޮރިން މިނިސްޓްރީ
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!