ކ. މާލެ
|
7 މެއި 2023 | އާދީއްތަ 09:30
ސިވިލް ސަރވެންޓުން ތަމްރީނުކުރާ ޕްރޮގްރާމުގެ ތެރެއިން މި ބުރުގައި ދިޔަ ފަރާތްތައް
ސިވިލް ސަރވެންޓުން ތަމްރީނުކުރާ ޕްރޮގްރާމުގެ ތެރެއިން މި ބުރުގައި ދިޔަ ފަރާތްތައް
ސިވިލް ސާވިރސް ކޮމިޝަން
ސިވިލް ސަރވެންޓުން ތަމްރީނުކުރުން
ތަމްރީނަކަށް 50 ސިވިލް ސަރވެންޓުން އިންޑިއާއަށް
 
މި ބެޗާއެކު އެމްއޯޔޫގެ ދަށުން ތަމްރީނު ލިބިފައިވާ ތަމްރީނުވެރިންގެ އަދަދު 689 އަށް އަރާނެ

‎ފީލްޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޤާބިލިއްޔަތުކަން އިތުރުކުރުމުގެ ޕްރޮގްރާމަށް ރާއްޖޭގެ 50 ސިވިލް ސަރވަންޓުން އިންޑިއާއަށް ފުރައިފިއެވެ.

މި ތަމްރީނުތަކަކީ ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސްއާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކުރި އެމް.އޯ.ޔޫގެ ދަށުން ކުރިއަށްގެންދާ ތަމްރީނެކެވެ. މި ބެޗްގައި ހިމެނެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވުޒާރާތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ރަށު އަދި އަތޮޅު ކައުންސިލްފަދަ މުއައްސަސާތަކުގެ ސިވިލް ސާވަންޓުންނެވެ. މި ބެޗާއެކު އެމްއޯޔޫގެ ދަށުން ތަމްރީނު ލިބިފައިވާ ތަމްރީނުވެރިންގެ އަދަދު 689 އަށް އަރާނެއެވެ.

އެމް.އޯ.ޔޫ އާއި އޭގެ ދަށުން ހިންގާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތައް ތަންފީޒުކުރަމުންދަނީ ސިވިލް ސަރވިސްއިން ފާހަގަކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށެވެ. އެގޮތުން އެކި ފަހަރު މަތިން ސިވިލްސަރވިސް އާއި އެން.ސީ.ޖީ.ޖީ ގުޅިގެން ހިންގާ ޕްރޮގްރާމްތައްވަނީ މުރާޖާ ކުރެވިފައެވެ. އެންސީޖީޖީއިން ދަނީ އެމް.އޯ.ޔޫގެ ދަށުން 05 އަހަރުގެ ތެރޭގައި (2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް) 1000 ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރަމުންނެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެން.ސީ.ޖީ.ޖީގައި ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ދަތުރުގައި އިންޑިއާ-މޯލްޑިވްސް ރިލޭޝަންޝިޕް، އެޕްރޯޗްސް ފޯ އިންކްލޫސިވް ޑިވެލޮޕްމަންޓް، ޗޭންޖިންގ ޕެރެޑައިމް އޮފް ގަވަރނަންސް، އެތިކަލް ޕާސްޕެކްޓިވް އިން ގަވަރނަންސް، އިނޮވޭޝަން އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް: ޕޮލިސީސް އެންޑް ޕްރެކްޓިސްސް، ސެންޓްރަލައިޒްޑް ޕަބްލިކް ގަވަރނަންސް ރިޑްރެސަލް އެންޑް މޮނިޓަރިން ސިސްޓަމް، ޕީޕީޕީ ފޯ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް، ޕަބްލިކް ހެލްތު ބިހޭވިއާގެ ތަމްރީނު ހިމެނެއެވެ.

މީގެ އިތުރުން އެމް.އެސް.އެމް.އީ އެންޑް އެސް.އެމް.އީ، ޕަބްލިކް ކޮންޓްރެކްޓްސް އެންޑް ޕޮލިސީސް، ކްލައިމެޓް ޗޭންޖް އެންޑް އިޓްސް އިމްޕެކްޓް އޮން ބަޔޯޑައިވާސިޓީ، އިންޑިއާގައި ފަޤީރުކަން ނައްތާލުމަށް ހިންގާ ތަފާތު މަސައްކަތްތައް، ސްކިލް ޑިވެލޮޕްމަންޓް ފަދަ ކަންކަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު، އެންޓި ކޮރަޕްޝަން ސްޓްރެޓެޖީސް، ވިޖިލެންސް އެޑްމިނިސްޓްރޭޝަން، އީ-ގަވަރނަންސް އެންޑް ޑިޖިޓަލް އިންޑިއާ، އީ.ޑިޖިޓަލް ގަވަރނަންސް އެންޑް ޕަބްލިކް ސަރވިސް ޑެލިވަރީ، ޓެކްސް އެޑްމިނިސްޓްރޭޝަން އެންޑް ޑިޖިޓަލް ގަވަރނަންސް، ފިންޓެކް އެންޑް އިންކްލޫޝަން، ސްޓްރެސް މެނޭޖްމަންޓް، ސެނިޓޭޝަން އެންޑް ޕަބްލިކް ހެލްތް ބިހޭވިއަރ ފަދަ ކަންކަން ހިމެނެއެވެ. މި ތަމްރީނުތަކުގެ ތެރެއިން ދުނިޔޭގެ އެއް އަޖައިބު ކަމަށްވާ ރީތި ތާޖް މަހަލް އަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

2019 ވަނަ އަހަރުން ފެށިގެން، ކޮވިޑް19ގެ ގޮންޖެހުންތަކާއެކު ވެސް، އެކި ދާއިރާތަކުން ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގައި ބައިވެރިވުމަށް 2000 އަށްވުރެ ގިނަ ދިވެހިން ވަނީ އިންޑިއާއަށް ދަތުރުކޮށްފައެވެ. އޭގެތެރޭގައި ސިވިލް ސަރވިސަސް އެންޑް ގުޑް ގަވަރނަންސް، ސެކިއުރިޓީ، ކަސްޓަމްސް، މީޑިއާ، ޖުޑީޝަރީ، އޮޑިޓް އެންޑް ފައިނޭންސް، ހެލްތު، އެގްރިކަލްޗަރ، ޑިސެންޓް ރެލައިޒޭޝަން، އެންވަޔަރަންމަންޓް، ޔޫތު އެންޑް ސްޕޯޓްސް ފަދަ ދާއިރާތައް ހިމެނެއެވެ. އޭގެ އިތުރުން 1600 އަށް ވުރެ ގިނަ ވާޗުއަލް ޓްރެއިނިންގ ސްލޮޓް ދިވެހިންނަށް ވަނީ ފޯރުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް