ކ. މާލެ
|
24 އޭޕްރިލް 2024 | ބުދަ 18:03
ޕީއެންސީން ބޭއްވި ހިނގާލުމެއް
ޕީއެންސީން ބޭއްވި ހިނގާލުމެއް
ޕީއެންސީ
މަގޭ ރިޕޯޓް
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
 
ސަރުކާރުން މުދަލާއި ފައިސާގެ ބޭނުން ނަހަމަގޮތުގައި ހިފި
 
ވޯޓުގަތުމުގެ އަމަލު ހިންގާފައިވޭ

ނިމިގެންދިޔަ މަޖިލިސް އިންތިހާބު 2024 ގައި ސަރުކާރަށް ވަނީ ސުޕަރމެޖޯރިޓީ ލިބިފައެވެ. ވަގުތީ ނަތީޖާތައް ދައްކާގޮތުން ވެރިކަންކުރާ ޕީއެންސީން ވަނީ މަޖިލީހުގެ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އިދިކޮޅު ޕާޓީން ވަނީ 12 ގޮނޑި ކާމިޔާބުކޮށްފައެވެ. ބާކީ ތިބީ މިނިވަން މެންބަރުންގެ 11 މެންބަރުންނާއި އެމްޑީއޭގެ 2 މެންބަރުން އަދި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރެކެވެ.

މީގެ ތެރެއިންވެސް މިނިވަން މެންބަރުންގެ 6 މެންބަރުންނާއި، އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީގެ މެންބަރުންނަކީ ސަރުކާރުގެ ތާއިދާއެކު ހޮވުނު މެންބަރުންނެވެ. އަދި މި ދެންނެވި މިިނިވަން 6 މެންބަރުން ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ. މިއާއެކު ސަރުކާރު މެންބަރުންގެ އަދަދަކީ 76 އެވެ.

އިންތިހާބުގައި ސަރުކާރުން ސުޕަރމެޖޯރިޓީ ހޯދާ މަޖިލީހުން ސަރުކާރަށް އެއްބާރުލުންދޭނެކަމަށް ބުނި އިރު، ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. ރިޝްވަތާއި ބާރާއި ނުފޫޒުގެ މަންޒަރުތަކެކެވެ. ދައުލަތުގެ މުދަލާއި ވަސީލަތްތައް އިންތިހާބީ ފައިދާއަށް އިންތިހާބުތަކުގައި ނަހަމަގޮތުގައި ބޭނުންކުރެވޭ ގޮތަށް ހުޅުވިފައި އޮތުމަކީ ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ކެމްޕެއިންކޮށް ނިޒާމީ ކޮރަޕްޝަނަށް މަގުފަހިވާ ވަސީލަތަކަށް ވަނީވެފައެވެ. 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު މޮނިޓަރކުރުމާއި އެސެސްކުރުމުގެ މަސައްކަތުގެ ތެރެއިން, ކެމްޕޭން މުއްދަތުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ކުރެވޭ ކަމާއި, ސަރުކާރުގެ ތަފާތު މަޝްރޫއުތައް ކެމްޕޭނާއި ގުޅުވައިގެން އިފްތިތާހުކުރެވޭ ކަން ފާހަގަކުރެވެއެވެ. މިފަދަ ކަންކަން އިންތިހާބު އޮތް ދުވަހުގެ ކުރީ 48 ގަޑިއިރު ތެރޭގައިވެސް ފާހަގަކުރެވިފައިވެއެވެ.

މި ސަރުކާރުން ކޮރަޕްޝަނާއި ބާރާއި ނުފޫޒުގެ ބޭނުންކޮށްފައިވާ މިންވަރަކީ ވޯޓުލާން ފެށުމަށް 48 ގަޑިއިރަށްވެފައި ވަނިކޮށް ދައުލަތް ހިއްސާވާ ކުންފުނިތަކާއި ސަރުކާރު ވުޒާރާތަކުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން 680 މިލިއަން ރުފިޔާގެ 6 ތަރައްގީގެ މަޝްރޫއުއެއް ހަވާލުކުރުމަށް ނުވަތަ އިފްތިތާހު ކުރުމަށް ބޭއްވުނު ރަސްމިއްޔާތުތަކުގެ މައުލޫމާތު އާންމުކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް ރަށްރަކުގެ އިދާރީ ސަރަހައްދަކަށް އިސްލާހު ގެނުމާއި, ތަފާތު ފަޅުތަކާއި ފަޅު ރަށްތަކެއް ތިން ކައުންސިލެއްގެ އިހްތިސާސް ބަދަލުކުރުމަށް ސަރުކާރުން އިއުލާންކުރުމުގެ އިތުރުން, ވޯޓުލުން ކުރިއަށް ދިޔައިރުވެސް, ވޯޓުލާ ދުވަހުވެސް ދެ ކައުންސިލެއްގެ އިހުތިސާސް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމެވިއެވެ.

މިނިސްޓްރީ އޮފް ހައުސިންގް, ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން, ވޯޓުލުން ފެށެން 20 ގަޑިއިރަށް ވެފައި ވަނިކޮށް, ކުރީ ސަރުކާރުތަކުގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުން ގެދޮރުވެރިކަމުން "މަހުރޫމް" ކުރެވިފައިވާ ފަރާތްތަކަށް ގެދޮރުވެރިކަމާއި, ހައުސިންގް ލޯނުތައް ހޯދައިދޭނެކަމާއި, ވަކިން ހާއްސަކޮށް 2010 ވަނަ އަހަރު ކުރިއަށް ގެންދެވުނު ޓާޓާ ހައުސިންގް ފްލެޓް ނުލިބުނު ފަރާތްތަކަށް ގެދޮރުވެރިކަން ހޯދައިދޭނޭ ކަމަށް ބަޔާންކޮށް ނޫސް ބަޔާނެއް ނެރުނެވެ.

ކެމްޕެއިން މުއްދަތުގައި އަދި ވަކިން ހާއްސަކޮށް އިންތިހާބާއި ކުޑަތަންވެފައިއޮއްވާ، އަސާސީ ހިދުމަތްތަކާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅިފައިވާ މުހިންމު ކަންކަމަށް އަސަރުކުރާގޮތަށް ސިޔާސަތުތައް ބަދަލުކުރުމާއި ތަރައްގީގެ މަޝްރޫއުތައް އިފްތިތާހުކުރުމަކީ ވޯޓުލާ ފަރާތްތަކަށް ނުފޫޒު ނުވަތަ ބާރުލިބިފައި ނުވާ ކެންޑިޑޭޓުން ހިޔާރުކުރުމަށް ހުރަސް އެޅޭ ކަމަކަށް ވެގެންދެއެވެ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީކުރުވާ ތަނަކަށްވެފައި، މި ކަންކަމުން ފެނިގެން ދިޔައީ ސަރުކާރުން އެކަން ބޭނުން ނުވާތީ ބާރާއި ނުފޫޒުގެ ބޭނުންކުރިތަނެވެ.

ވޯޓު ގަތުމަކީ މި އިންތިހާބުގައި ފާހަގަ ކުރެވުނު ބޮޑު މައްސަލައެވެ. އިންތިހާބުގެ ކުރިޔަށް އިންތިހާބީ މާހައުލު ދެނެގަތުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރެވުނު ދިރާސާގައި އިންޓަވިއު ކުރެވުނު ހުރިހާ ފަރާތްތަކަކުން ވަނީ ވެސް މަޖިލިސް އިންތިހާބުގެ ކެމްޕެއިންތަކުގައި ވޯޓު ގަނެ ވިއްކުމުގެ އަމަލުތައް ހިނގަމުންދާކަމަށް ބުނެ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.  

އެހެން ނަމަވެސް, ވޯޓު ގަތުން މޮނިޓަރ ކުރުމާއި އަވަސް އަދި ފުރިހަމަ ތަހުގީގުތައް ކުރިޔަށް ނުގެންދެވުމާއި ގުޅުންހުރި ގާނުންތައް ފުރިހަމައަށް ތަންފީޒު ނުކުރެވުމަކީ މިފަދަ އަމަލުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތަކެވެ.

މިހާރު އަމަލުކުރެވޭ ޤާނޫނީ އޮނިގަނޑާއި، އިޖުރާއަތްތަކާއި މިމިންގަނޑުތަކުގައި ހުރި ފުން މައްސަލަތަކުގެ ސަބަބުން ސިޔާސީ ފައިސާގެ ހަގީގަތް ސިއްރުވެ، އިންތިހާބުތަކުގައި ބޭނުންކުރާ ފައިސާގެ ހާމަކަން ގެއްލިގެންދާން މެދުވެރިވުން އެއީ އިންތިހާބީ ނިޒާމުގައި ހުރި މައްސަލަތަކެކެވެ. ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުން އެފަރާތްތަކަށް ފައިސާ ލިބޭގޮތާއި ކެމްޕޭން ހަރަދުތަކާއި ބެހޭ މައުލޫމާތުތައް ހާމަނުކުރެވުމުގެ ސަބަބުން ވޯޓުލާ ފަރާތްތަކަށް ކެނޑިޑޭޓުންގެ މަސްލަހަތުތައް ސިއްރުވެ ރައްޔިތުންގެ މަސްލަހަތާއި، ސިޔާސީ ފައިސާގެ މަސްލަހަތުތައް ފުށުއަރާ ހާލަތުގައި ރައްޔިތުންގެ މަސްލަހަތުގެ މައްޗަށް ކެންޑިޑޭޓާއި، ފައިސާ ފޯރުކޮށްދިން ފަރާތުގެ މަސްލަހަތު އިސްކުރެވޭތަން އަންނަކަން ފާހަގަކުރެވެއެވެ.  

ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގާގޮތް ވަޒަން ކުރުމަށާއި، ސިޔާސީ ފައިސާގެ ހާމަކަން ކުރިއަރުވާނެ ހަރުދަނާ ނިޒާމްތަކެއް ގާއިމް ކުރުމަށްޓަކައި މިހާރު އަމަލުކުރެވެމުންދާ ގާނޫނީ އޮނިގަނޑު އިސްލާހު ކުރުމާއެކު، ކަޑައެޅޭ މުއްދަތުތަކެއްގައި ސިޔާސީ ފައިސާގެ ކަންކަން ރިޕޯޓްކުރެވޭނެ އިޖުރާއަތްތައް ގާއިމްކުރުމަށާއި، ގާނޫނުގައި ހުރި ކަންކަން ތަންފީޒުކުރުން މުހިންމެވެ. މިކަންކަން ހަރުދަނާ ކުރުމަށާއި, ސިޔާސީ ފަރާތްތައް ޒިންމާދާރުކުރުވުމަށް ބާރުއެޅުމުގެ ގޮތުން, ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ތައްޔާރުކޮށް މިހާރު މަޖްލިހުން މުރާޖާކުރަމުންދާ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމާއި ބެހޭ ބިލް ފާސްކުރުން މުހިންމެވެ.

ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓު ގަތުން ފަދަ އިންތިހާބީ ކުށްތަކަށް ފާރަވެރިވެ, އަމިއްލަ އިސްނެގުމުގެ މަތިން މޮނިޓަރކުރުމަށާއި, ތަހުގީގުކޮށް ދައުވާކޮށް, މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ޒިންމާދާރުކުރުވޭނޭ ހަރުދަނާ ނިޒާމެއް ނެތެވެ. އަދި ފުލުހުންނަށް މިއިން ކަމެއް ނުބެލެއެވެ.

އިންތިހާބުގެ މުއްދަތުގައި ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާ ބެހޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލާފައިވާ ގައިޑްލައިންގައި ހިމެނޭ މާއްދާތައް ރައްޔިތުންގެ މަޖިލީހުން މުރާޖާކޮށް ގާނޫނުގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރަން ޖެހެއެވެ.

ކޮންމެއަކަށް ފައިސާއާއި ބާރުގެ ނުފޫޒުން މަޖިލިސް އެއޮތީ ސަރުކާރުން ގަނެލާފައެވެ. ދެން މި ސަރުކާރުން ކުރާނެ ކަންކަމުގެ ވާހަކ ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރާނެ މެންބަރަކު އިިދިކޮޅުގައި ތިބި 12 މެންބަރުން ފިޔަވައި އެހެން ބަޔަކު ނުކުރާނެއެވެ. މިއީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި ވެރިކަން ކުރާ ބާރުން އަނެއް ދެބާރުގެ މައްޗަށް އަތްގަދަކޮށްލުމުގެ ފެށުމެވެ. ދެން ފެންނާނީ ހުތުމުހުތާރުކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް
ރުހުން ނުލިބުނު ތިން ވަޒީރުންނަށް އައު މަޖިލީހުން ރުހުންދީފި
ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލު 241 ކޮމެޓީއަށް
ކުރިން ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް ތާވަލްކޮށްފި
އިނގިރޭސި ޕާލިމެންޓާއި ރާއްޖޭގެ ޕާލިމެންޓާއި ގުޅިގެން މަސައްކަތް ކުރުމާއި މެދު މަޝްވަރާކޮށްފި