ކ. މާލެ
|
15 އޭޕްރިލް 2024 | ހޯމަ 12:44
ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު
ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު
ސޯޝަލްމީޑިއާ
ޕީއެންސީ
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
 
ޕީއެންސީން ބުނެފައިވަނީ އޭނާ ދެއްކި ވާހަކަތަކަކީ ރައީސްގެ ސިޔާސަތެއް ނޫންކަމަށްް
 
އިންތިޚާބު ނިމެންދެން ސީދާ ޕާޓީ މީހުންނަށް ކަރަންޓު ދޫކުރުމަށް އޭނާ ވަނީ ގޮވާލާފައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ނިމެންދެން، ހަމައެކަނި ސަރުކާރު ނިސްބަތްވާ ޕާޓީގެ މީހުންނަށް ކަރަންޓު ދިނުމަށް ހއ. ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ގޮވާލައިފިއެވެ.

އޭނާ އެހެން ބުނެފައިވަނީ މަޖިލިސް އިންތިހާބުގައި ދިއްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓޫގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.

އޭނާ ވަނީ ސަރުކާރު ނިސްބަތްވާ ޕާޓީ ނޫން މީހުންނަށް ކަރަންޓު ދޭކަންވެސް އެއީ ނަސީބެއްނޫންތޯ ސުވާލުކޮށްފައެވެ.

އަދި ގެތައް ވަކިވަކިން ބެލުމަށްފަހު، އިންތިޚާބު ނިމެންދެން ސީދާ ޕާޓީ މީހުންނަށް ކަރަންޓު ދޫކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.  

ކަރަންޓް ދޭކަން ނަސީބެއްނު، ގެތައް ބަލާފައި ވަކިން ކަރަންޓު ދޫކުރަންވީ. ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަންވީ އިންތިހާބު ނިމެންދެން
ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު 

އޭނާގެ ވާހަކަ ކުށްވެރިކޮށް ޕީއެންސީން ބުނެފައިވަނީ އޭނާ ދެއްކި ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަދި ޕާޓީގެ ވެސް ސިޔާސަތެއް ނޫން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް