ކ. މާލެ
|
11 އޮކްޓޯބަރ 2021 | ހޯމަ 23:17
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ރާއްޖެއެމްވީ
މޮވިޑް-19، ރާއްޖޭގެ ހާލަތު
ފާއިތުވި 24 ގަޑިއިރު ތެރޭ އިތުރު 74 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
 
އަތޮޅުތަކުން 49 މީހުން ޕޮޒިޓިވްވި
 
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5,6228ށް އަރާފަ

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 74 މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުން 21 މީހަކު ޕޮޒިޓިވް ވެފައިވާއިރު, އަތޮޅުތަކުން 49 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އަދި ހިނގަމުންދާ ރިސޯޓްތަކުން 4 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5,6228ށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 1,205 ކޭހެއް ގުނަމުން އަންނައިރު މީގެތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 12 މީހަކަށެވެ.

ރާއްޖެއިން މިހާތަނަށް މިބަލި ޖެހުނު 84,170 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި 234 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ބޮޑުވަރުނުވެ ވަކި ވަރެއްގައި ހިފެހެއްޓިފައި ހުންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް