ކ. މާލެ
|
31 ޑިސެންބަރ 2021 | ހުކުރު 15:25
ދަތުރުވެރިޔަކު ޕޮޒިޓިވް ވުމުން އައިސޮލޭޓްވެގެން ފަސްގަޑިއިރު ހޭދަކުރީ އައިސްލެންޑް އެއަރގެ މަތިންދާބޯޓެއްގެ ފާޚާނާ ތެރޭގައި
ދަތުރުވެރިޔަކު ޕޮޒިޓިވް ވުމުން އައިސޮލޭޓްވެގެން ފަސްގަޑިއިރު ހޭދަކުރީ އައިސްލެންޑް އެއަރގެ މަތިންދާބޯޓެއްގެ ފާޚާނާ ތެރޭގައި
ގެޓީ އިމޭޖަސް
ފްލައިޓެއްގެ ފާޚާނާ ތެރޭގައި ފަސްގަޑިއިރު
ދަތުރުމަތީގައި ކޮވިޑަށް ޕޮޒިޓިވްވުމުން ފްލައިޓުގެ ފާޚާނާ ތެރޭގައި ފަސްގަޑިއިރު
 
ޕޮޒިޓިވްކަން އެނގުނީ ފްލައިޓުގެ ތެރޭގައި އަމިއްލަޔަށް ހެދި ޓެސްޓަކުން

އެމެރިކާއިން އައިސްލޭންޑަށް ދަތުރުކުރި މަތިންދާބޯޓެއްގެ ތެރޭގައި ކޮވިޑް ޓެސްޓަކުން ޕޮޒިޓިވްވި އަންހެނަކު ބޯޓުގެ ފާޚާނާގެ ތެރޭގައި އަމިއްލައަށް އެކަހެރިވެގެން ފަސްގަޑިއިރު ހޭދަކޮށްފިއެވެ.

އެމެރިކާގެ ސްކޫލް ޓީޗަރެއް ކަމަށްވާ މަރީސާ ފޯޓެއޯ ބުނެފައިވަނީ މި ޑިސެންބަރު މަހުގެ ވިހި ވަނަ ދުވަހު އެމެރިކާގެ ޝިކާގޯއިން އައިސްލެންޑްގެ ވެރިރަށް ރެކަވިކަށް އޭނާ ކުރި ދަތުރު ފެށުނުތަނާހެން ކަރުތެރެ ހިރުވައި ގޮތްގޮތްވާން ފެށީމާ އޭނާގެ ދަބަހުގައި އޮތް އަވަސް ޓެސްޓްކުރެވޭ ކިޓެއްގެ އެހީގައި އަމިއްލަޔަށް ޓެސްޓްކުރީކަމަށާއި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ކަމުގައެވެ. އެހެން ޕަސިންޖަރުންގެ ސިއްހަތަށް އޭނާގެ ފަރާތުން ނުރައްކަލެއް ފޯރިޔަ ނުދިނުމަށްޓަކައި ދަތުރު ނިމެންދެން ފާޚާނާތެރޭގައި އަމިއްލަޔަށް އެކަހެރިވެގެން ހުރީ ކަމަށާއި މި ތަޖުރިބާ ވަރަށް ބިރުވެރިކަމަށްވެސް ބުނެފައިވެއެވެ.

ފްލައިޓުގެ ފާޚާނާތެރޭގައި އެކަހެރިވެގެން މަރީސާ ހޭދަކުރި ފަސްގަޑިއިރުތެރޭގައި ފްލައިޓުގެ ފަޅުވެރިންގެ ތެރެއިން ކުއްޖަކު އޭނާއަށް ކާބޯތަކެތި ފޯރުކޮށްދެމުން ދިޔަ ކަމަށްވެސް ބުނެފައިވެއެވެ.

މިހާދިސާ ހިނގިއިރު އައިސްލެންޑް އެއަރގެ މި ފްލައިޓުގައި 150 ދަތުރުވެރިން ތިއްބެވެ. ފާޚާނާގެ ތެރޭގައި މަރީސާ އެކަހެރިވެގެން ހުރި މަންޒަރު ދައްކުވައިދޭ ވީޑިއޯ އޭނާ ޓިކްޓޮކަށް ލުމުން މިހާތަނަށް ހަތަރު މިލިޔަން މީހުން އެ ވީޑިއޯ ބަލާފައިވެއެވެ. މަތިންދާބޯޓު ރެކަވިކަށް ޖެއްސުމުން މަރީސާ ވަނީ އެރަށުގެ ހޮޓަލެއްގައި އެކަހެރިވެގެންފައެވެ. އަދިވެސްހުރީ އެގޮތުގައެވެ.

މަތިންދާބޯޓުގެ ތެރޭގައި އަމިއްލަޔަށް ކުރި ޓެސްޓަކުން ޕޮޒިޓިވްވި އިރު ދަތުރަށް ފެށުމުގެ ކުރިން ޕީސީއާރު ޓެސްޓެއް ވިޔަސް އެހެން ޓެސްޓެއްވިޔަސް ހެދިކަމުގެ އެެއްވެސް މައުލޫމާތެެއް މަރީސާ މިހާތަނަށް ހިއްސާކޮށްފައެެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
75%
0%
0%
0%
0%
25%
ކޮމެންޓް