ކ. މާލެ
|
13 ޖެނުއަރީ 2022 | ބުރާސްފަތި 23:53
ކޮވިޑް ސާމްޕަލް ނެގުމަށް ހުޅުމާލެ ރުއްގަނޑުގައި ހަދާފައިވާ ތަން
ކޮވިޑް ސާމްޕަލް ނެގުމަށް ހުޅުމާލެ ރުއްގަނޑުގައި ހަދާފައިވާ ތަން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ކޮވިޑް-19، ރާއްޖޭގެ ހާލަތު
އިތުރު 816 މީހުންނާއެކު ރާއްޖޭގެ ޕޮޒިޓިވް އަދަދު ލައްކައަކަށް
 
47 މީހުން ޕޮޒިޓިވްވީ ކޮން ސަރަހައްދަކުން ކަމެއް ނޭނގޭ
 
މާލެ ސަރަހައްދުން 413 މީހުން ޕޮޒިޓިވް

މި ފަހަކަށް އައިސް ރިޕޯޓްކުރެވުނު އެންމެ ގިނަ ކޮވިޑް ކޭސްތަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ލައްކައަކަށްވުރެ ގިނަވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ބުރާސްފަތި ދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް ނެގި ސާމްޕަލްތަކުގެ ތެރެއިން 816 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެންމެ ގިނައިން ކޭސްތައް ރިޕޯޓް ކުރެވުނު ދުވަހެވެ.

މި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން 3486 ސާމްޕަލާއެކު ޖުމްލަ 7005 ސާމްޕަލް ވަނީ ނަގާފައެވެ. 816 މީހަކު ޕޮޒިޓިވްވިއިރު، މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 413 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 249 މީހުންނާއި، ރިސޯޓްތަކުގެ ޕޮޒިޓިވްވި 92 މީހުންގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި 15 މީހެކެވެ. މި 24 ގަޑިއިރު ތެރޭގައި 47 މީހަކު ޕޮޒިޓިވްވީ ކޮން ތަނަކުން ކަމަށް ދެނެގަނެވިފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހު 354 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ޖުމްލަ 95،056 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިކް ކޭސްތަކުގެ އަދަދު 5118ށް އަރާފައިވާ އިރު، މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަނީ 25 މީހުންނެވެ. 264 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 12 އިންސައްތައިގައެވެ. މިއާއެކު މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް