Advertisement
ކ. މާލެ
|
10 މެއި 2017 | ބުދަ 19:11
އުރީދޫ އައިޕީއޯ ތައާރަފް ކުރުން
އުރީދޫ އައިޕީއޯ ތައާރަފް ކުރުން
ރާއްޖެ އެމްވީ
އުރީދޫ އިން ހިއްސާ ވިއްކުން
އުރީދޫގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކަކަށް ބީއެމްއެލް
އުރީދޫ އިން ހިއްސާ ވިއްކަން ފަށާފައިވަނީ މެއި އެކެއްގައި
އުރީދޫ އިން ހިއްސާ ވިއްކަނީ 30 ރުފިޔާ އަށް

 އުރީދޫން ވިއްކާ ފުރަތަމަ ބުރުގެ ހިއްސާގެ ފައިސާ ޖަމާކުރާ ބޭންކުގެ ގޮތުގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) މިއަދު ހަމަޖައްސައިފި އެވެ.

މި އެމްއޯޔޫގައި ސޮއިކުރެވިގެންދިއުމާއެކު އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ކަލެކްޝަން އެކައުންޓް، އަދި އައި.ޕީ.އޯ. ޕޭމަންޓް ގޭޓްވޭ އެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖެހިގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާ ގަތުމުގެ ފުރުސަތު 29 މެއި އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

އިންވެސްޓް ކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރތައް، އުރީދޫ ބިޒްނަސް ޕާރޓްނަރތައް، ޕޯސްޓް އޮފީސްތައް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ބްރާންޗްތައް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތައް، އަދި ލައިސަންސް ލިބިފައިވާ ޑީލިންގ ކުންފުނިތައް މެދުވެރިކޮށް އުރީދޫގެ ޙިއްސާ ގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ހުރިހާ ކަލެކްޝަން ޕޮއިންޓެއްގެ ފުރިހަމަ ލިސްޓެއް އުރީދޫ މޯލްޑިވްސްގެ ޕްރޮސްޕެކްޓަސްގައި ހިމެނިފައި ވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 40 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް