Advertisement
ކ. މާލެ
|
10 މެއި 2017 | ބުދަ 10:04
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
ގޫގުލް
ކުނޫޒް ޖަލްސާ
ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ހިންގޭނެ މަންޒަރު ފެންނާނެ: އަމީން
ރައްޔިތުން ބޭނުންވަނީ ސިޔާސީ ލީޑަރުން ގުޅިގެން މަސައްކަތް ކުރުމަށް

ރައީސް އަބްދުﷲ ޔާމީން ގާނޫނު އަސާސީއާއި ހިލާފަށް ކުރައްވާފައިވާ ކަންކަން ބާލައި އެމަނިކުފާންގެ މައްޗަށް ޝަރީއަތް ހިންގޭނެ މަންޒަރު ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެނބިނެޓް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންގާރަ ދުވަހުގެ ރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ގާނޫނު އަސާސީގެ 54 ވަނަ މާއްދާގައި ލާއިންސާނީ އަދަބް އެއްވެސް މީހަކަށް ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ރަހްމު ކުޑަކޮށް އަނިޔާވެރި ގޮތަކަށް މީހުން ބަންދުކުރާނަމަ ، އެކަން ކުރުމަށް އެކި މަރުހަލާތަކުގައި ސާމިލްވާ މީހުންނަން ހައްގު އަދަބް ދޭންޖެހޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން މިގޮތަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ބަންދުކޮށްގެން ސަރުކާރުން ގެންގުޅުނީ އަނިޔާވެރިގޮތަކަށް ކަމަށް ބުނެ ވާހަކަ ދައްކަވަމުންނެވެ. ހެކި ނައްތާލުމަށް ގާސިމް މަސައްކަތް ކުރާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ގާސިމް ބަންދުކުރުމަށް އަމުރުކުރުމުން ، ޖަލުގައި އަނިޔާވެރި ގޮތަކަށް ބަންދުކުރުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި ކޯޓް އަމުރާ އެއްގޮތަށް ކޮންމެ ތަނެއްގައި ވެސް ބަންދު ކުރެވިދާނެ ކަމަށެވެ. އެގޮތުން ޖލުގައި ބަންދުކުރުމަކީ އިހްތިޔާރީ ކެމެއް ކަމަށް އަމީން އޭނާ ވިދާޅުވި އެވެ. 

އަމީން ވިދާޅުވީ އަނިޔާވެރި ގޮތަށް މީހުން ބަންދުގައި ބެހެއްޓުމަށް ރައީސް ޔާމީން ސާމިލްވާނަމަ އެމަނިކުފާންގެ މައްސަލަވެސް ބަލަންޖެހޭނެ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނު އަސާސީއާއި ހިލާފަށް ކޮށްފައިވާ ކަންތަކަށް އެމަނިކުފާން ޒިންމާވާންޖެހޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

ގާނޫނު އަސާސީއާ ހިލާފަށް ރައީސް ޔާމީން ކަންކުރައްވާނަމަ އެ މަނިކުފާންގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދާ މަންޒަރު ފެނިގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ވޭދެވެދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގެ އިތުރުން ނިމިގެން ދިޔަ ލޯކައުންސިލް އިންތިހާބްގެ ނަތީޖާއަށް ވިސްނާލުމުން ދޭހަވަނީ ރައްޔިތުން ބޭނުންވަނީ ސިޔާސީ ލީޑަރުން ގުޅިގެން ގައުމު ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރަން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް