Advertisement
ކ. މާލެ
|
10 މެއި 2017 | ބުދަ 04:37
މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
ޕީޕަލް މެގަޒިން
ކައުންސިލް އިންތިހާބު
ރައީސް ޔާމީން ނިކުންނަވާ ބަލިވެއްޖެ ކަމަށް ވިދާޅުވާންޖެހޭ: އަމީތު
ތަރައްގީ އަކީ ޝުކުރިއްޔާ ރައީސް ޔާމީން އާއި ހަމައިން ނިމޭކަމެއް ނަމަ ތަރައްގީއެއް ނާންނާނެ ކަމަށް އަމީތު ވިދާޅުވި
އަތީތު ވިދާޅުވީ ރައީސް މައުމޫން އާއި ރައީސް ނަޝީދު އިންތިހާބުން ބަލިވެވަޑައިގެންނެވުމުން ބަލި ގަބޫލު ކުރެއްވި ކަމަށް
އެކަމަކު މިސަރުކާރުން ބަލި ވެއްޖެކަމަށް ގަބޫލު ކުރާކަން ބޭނުންމެއްނުވާ ކަމަށް އަމީތު ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިކުންނަވާ ބަލިވެއްޖެ ކަމަށް ވިދާޅުވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދުމަނިކު ވިދާޅުވެއްޖެ އެވެ.

 

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ވޭތުވެދިޔަ 1000 އަހަރު ރާއްޖެއަށް ނާންވަރުގެ ތަރައްގީ ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ތިން އަހަރު ގެނެވިފައިވާ ކަމަށް ދައުވާކުރާ ސަރުކާރު، މިދިއަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބަލިވެފައިވާ ކަމަށާއި އެކަން ގަބޫލު ކުރައްވާ ރައީސް ޔާމީން ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަވާ ބަލިވެއްޖެ ކަމަށް ވިދާޅުވާންޖެހޭ ކަމަށެވެ. އަމީތު ވިދާޅުވީ އެވަރަށް ތަރައްގީ ގެންނަކަމަށް ދައުވާ ކުރާ އަދި އެންމެ 12 ގަޑިއިރުގެ ތެރޭގައި މާލެ ސިޓީން 11،000 ޕީޕީއެމް މެމްބަރުޝިޕް ފޯމް ފުރި ބަޔަކު، މާލެ ސިޓީން އިނދަޖެހިގެންދާންޖެހޭ ސަބަބެއް އޮންނާނެ ކަމަށެވެ.

 

"ކޮންމެ ގައުމެއްގައިވެސް އިންތިހާބުތަކުގައި އެންމެ އިސްކަންދެނީ ބޮޑެތި އާބާދީތަކަށް، ރާއްޖޭގައިވެސް އެކަން އޮތީ އެގޮތަށް. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ހުރިހާ ބޮޑެތި އާބާދީތައް މިވަނީ ސަރުކާރަށް ނާކާމިޔާބުވެފަ." އަމީތު ވިދާޅުވި އެވެ.

 

އަމީތު ވިދާޅުވީ ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ތަރައްގީގެ ފޮނި ހުވަފެންތައް ދެއްކި ކަމަށެވެ. ސަރުކާރުން ތަރައްގީގެ ވާހަކަ ދައްކާއިރު، އެއީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ގެންނަ ތަރައްގީ ކަމަށް ރައްޔިތުން ގަބޫލުކޮށް، ސަރުކާރަށް ނޫނެކޭ ބުނެފިކަމަށް އަމީތު ވިދާޅުވި އެވެ.

 

"ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަށް ތަރައްގީވެފައިވަނީ ފުރަތަމަ އިންސާނުން ތަރައްގީ ކޮށްގެން. އެގައުމެއްގެ ދިރިއުޅޭ އިންސާނުންގެ ބުއްދި އާއި ވިސްނުން ތަރައްގީކޮށްގެން. މިނިވަންކަމާއެކު އިލްމު އުނގެނުމާއި ބަސްބުނުމުގެ މިނިވަންކަން ދީގެން. އޭގެފަހުން ކޮންކްރީޓް ތަރައްގީ ގެނެސްފައިވަނީ. ރައީސް ނަޝީދު ވިދާޅުވާފަދައިން ތަރައްގީއަކީ ހަގީގަތުގަ ވެސް އިންސާނާއަށް އަންނަ ބަދަލެއް. އެއީ ފަހަރެއްގައިވެސް ކޮންކްރީޓުން އަޅުގަނޑުމެންނަށް މިނޭނެ އެއްޗެއްނޫން." އަމީތު ވިދާޅުވި އެވެ.

 

އަމީތު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ތިން އަހަރު މާލެ އޭރިއާގެ ތަރައްގީއަށް ސަރުކާރުން ވަރަށް ގިނަ ފައިސާ ޚަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިންތިހާބު ސަރުކާރަށް ލިބުނު ކާމިޔާބެއްނެތް ކަމަށާއި އެއީ ސަރުކާރުން އިންސާފުން ކަންކަން ކުރަމުންނުދާތީ ކަމަށެވެ.

 

"ޕީޕީއެމުން ގާނޫނުތަކަށް ބަދަލުގެނައިން. އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކޮށް، މާލޭގައި އެއްވެ ނޫޅެވޭގޮތަށް ހެދި. އެކަމަކުވެސް ސަރުކާރަށް ނިސްބަތްވާ ޕީޕީއެމަށް ބޭނުންވާ ކޮންމެ ވަގުތު މާލޭގެ މަގުތަކަށް އެއްވެވޭ. އިދިކޮޅު ސިޔާސީ ފަރާތްތަކަށް އެކެއް ނުވެވޭ. ބޭއިންސާފުން ކަންކަން ކުރާނަމަ ރައްޔިތުން ބަލައިނުގަންނާނެ. އެކަން އިންތިހާބުން ވެސް ފެނިގެން އެދިޔައީ." އަމީތު ވިދާޅުވި އެވެ.

 

އަމީތު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އަނިޔާވެރިކަމާ ދެކޮޅު ބައެއް ކަމަށާއި އިންސާފަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ގައުމެއް ކަމަށެވެ.

 

"2008 ވަނަ އަހަރު ރައީސް މައުމޫން އިންތިހާބުން ބަލިވެވަޑައިގެންނެވި. ރައީސް މައުމޫން ނިކުމެވަޑައިގެން ވިދާޅުވީ ބަލިވެއްޖެއޭ. އެކަން ގަބޫލުފުޅު ކުރައްވައިފީމޭ. 2013 ވަނަ އަހަރު ރައީސް ނަޝީދު އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި. ރައީސް ނަޝީދު ނިކުމެވަޑައިގެން ވިދާޅުވީ ތިމަންމަނިކުފާނަށް ނާކާމިޔާބު ވެއްޖެއޭ. ވެއްޓިވަޑއިގަތީމަ އެކަން ގަބޫލުފުޅު ކުރައްވާ އަނެއްކާވެސް ތެދުވެވަޑައިގެން ދުއްވައިގެންނެވީ. އަޅުގަނޑުމެންގެ މިއަދުގެ ވެރިންނަށް ވެގެން މިއުޅޭ ގޮތަކީ ވެއްޓިވަޑައިގަތީމަވެސް އެކަން ގަބުލު ނުކުރެވިގެން މިއުޅެނީ." އަމީތު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
10 މެއި 2017 | ބުދަ 07:45
އިސްމާއީލު
އަމިތު ތިޔަވިދާޅުވަނީ އިންސާނުންވާހަކަ މިންވަރައްއީމާވާން ދަންނަ ބޭފުޅުންގެ ވާހަކަ އަމާނާތައް ހިޔާނާތްތެރިނުވާ މީހުންގެ މުދަލަކީ އަމާނާތެއްކަން ދަންނަމީހުންގެވާހަކަ ވެރިކަމަުގައި މިހާރުތި ތިބިމީހުން ގަބޫލުކުރަނީ ދިވެހި ދަވްލަތަކީ ތިމާމެންއަމިއްލައެއްޗެއްކަމައް ދިވެހިރައްޔިތުންނަކީ ތިމާމެންގެ އަޅުންކަމައް ދިމާވާކޮންމެ މުސީބާތަކީ އެހެންބައެއްގެ ސަބަބުން މެދުވެރިވިކަމަކަށް ހަދާ ލިބޭކޮންމެ ކާމިޔާބަކާއި މޮޅަކީ ތިމެންގެ މޮޅުކަންކަމައްގަބޫލުކުރާ ބައެއް އެއީ ފިރުއަނުގެވެސް ވިސްނުން އެއީ ނަމްރޫދުގެވެސް ފިކުރު އާދުބާގައި މީހުންނާއި ސާދޫމާއި ސަމޫދުގެ ވެރިންގެވެސް ފިކުރު އެންމެ ރާއްވާވާފަރާތަކީ ﷲ ސުބުހާނަޙޫ ވަތައާލާ އެއްދޮގު ފޮރުވަން ހާސްދޮގު ހަދަންޖެހޭނެ ނާއިންސާފައް ދުވަހަކުވެސް ކާމިޔާބެއްނުވާނެ