ކ. މާލެ
|
10 މެއި 2017 | ބުދަ 01:37
އަތޮޅުތެރޭގައި ތިބި ހުރިހާ ސޯކޯއިންގެ މަސައްކަތާއި ގުޅުންހުރި ފަންނީ (ޓެކްނިކަލް) ޢިލްމާއި ހުނަރު އިތުރުކުރުމަށް ހިންގި ރިފްރެޝަރ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --
އަތޮޅުތެރޭގައި ތިބި ހުރިހާ ސޯކޯއިންގެ މަސައްކަތާއި ގުޅުންހުރި ފަންނީ (ޓެކްނިކަލް) ޢިލްމާއި ހުނަރު އިތުރުކުރުމަށް ހިންގި ރިފްރެޝަރ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --
ޓްވިޓަރ
ފުލުހުންގެ ޚިދުމަތް
ފުލުހުންގެ ފޮރެންސިކް ޚިދުމަތް ލާމަރުކަޒީކޮށް، އަތޮޅުތަކަށް!
ވެހިކަލްގެ ޗެސިސް ނަމްބަރު ދެނެގަތުމުގެ ހިދްމަތް ލިބިގެންދާނެ
އެވިޑެންސްގެ ގޮތުގައި ބޭނުންކުރެވޭ ސީސީޓީވީ ފޫޓޭޖް ނެގުމުގެ ހިދްމަތް ވެސް ލިބިގެންދާނެ
އެ ހިދްމަތް ފޯރުކޮށްދިނުމަށް މިހާތަނަށް މާލެއާއި އަތޮޅުތަކުގެ 50 މުވައްޒަފުން ތަމްރީން ކޮށްފައިވާ ކަމަށް ފުލުހުން ބުނޭ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓުން ފޯރުކޮށްދެމުން ގެންދާ ބައެއް ހިދުމަތްތައް އަތޮޅުތެރެއަށް ފުޅާކޮށް، ލާމަރުކަޒީކޮށް އަތޮޅުތެރެއިން އެހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖައްސައި ހިދުމަތް ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، އެގޮތުން ނޯދަރން އޮޕަރޭޝަންސް ކޮމާންޑް އަދި ސަދަރން އޮޕަރޭޝަންސް ކޮމާންޑްގައި ފުލުހުން ހަރަކާތްތަރިވާ ހުރިހާ ރަށެއްގައި މިއަހަރު މުޅިން އަލަށް ފެށިފައިވާ ދެ ހިދުމަތަކީ، ވަގަށް ނަގައި ބަދަލުގެނެސްފައި ހުރި ނަމަވެސް ވެހިކަލްގެ އަސްލު ޗެސިސް ނަންބަރު ދެނެގަތުން ކަމުގައިވާ "ވެހިކަލް އެންޖިން އަދި ޗެސިސް ނަންބަރ ރިސްޓޯރޭޝަން"ގެ ހިދުމަތާއި އެވިޑެންސްގެ ގޮތުގައި ބޭނުންކުރެވޭ ސީސީޓީވީ ފޫޓޭޖު ނެގުމުގެ ހިދުމަތް ކަމަށެވެ.

ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓުގެ 2017 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި މިއަހަރުގެ ފުރަތަމަ ހަތަރު މަސް ނިމުމުގެ ކުރިން މިހިދުމަތްތައް އަތޮޅުތެރެއަށް ފުޅާކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ދަށުން އަތޮޅުތެރޭގައި ތިބި ހުރިހާ ސޯކޯއިންގެ މަސައްކަތާއި ގުޅުންހުރި ފަންނީ (ޓެކްނިކަލް) އިލްމާއި ހުނަރު އެއްމިންގަނޑަކަށް ގެނައުމަށް ރިފްރެޝަރ ޕްރޮގްރާމެއް ރާވާ ހިންގާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެގޮތުން އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސްއާއި ފޮރެންސިކް ސަރވިސަސް ޑައިރެކްޓަރޭޓު ގުޅިގެން ފަރުމާކުރި “ސޯކޯ ރިފްރެޝަރ ޕްރޮގްރާމު” ގައި މާލެއާއި އަތޮޅުތެރެއިން ޖުމްލަ 50 މުވައްޒަފުން ތަމްރީނުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ޕްރޮގްރާމުގައި، ކިޔަވައިދެވުނު ބައިތަކުގެތެރޭގައި ކޮމިޝަނަރސް އޯޑަރސް އެންޑް ޕްރޮސީޖަރސް، ކުށުގެ ވެށި އެގްޒަމިން ކުރުމުގެ އެންމެ ފަހުގެ މިންގަނޑުތައް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންމެ އެކަށީގެންވާ މިންގަޑަށް މާއްދީހެކި ކުށުގެ ވެށިންނަގައި، ބަންދުކޮށް، ސީލްކުރުމަށްފަހު ތަހުލީލުކުރުމަށް ފޮނުވުން، މިހާރަށްވުރެއް އަވަހަށް އަދި ފަސޭހައިން ކްރައިމްސީން (ސޯކޯ) ރިޕޯރޓު ތައްޔާރުކުރުމަށްޓަކައި ސަމާލުކަން ދޭންވީ ކަންތައްތަކަށް އަހުލުވެރިކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މުޅިއަކު ދެ ހަފްތާގެ މުއްދަތަށް ހިންގުނު މިކޯހުގައި މައިގަނޑުގޮތެއްގައި ކިޔަވައިދެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ތިއްބެވި ކަމާގުޅޭ ފަންނީ މާހިރުން ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ސިމްޑީ ޓެކްގެ ފަރާތުން ދެ ދުވަހުގެ އެޑްވާންސް ފޮޓޯގްރަފީ ކްލާސްތަކެއް ނަންގަވައިދެއްވި ކަމަށާއި އަދި ދިވެހިބަހުގެ އަދަބިއްޔާތާއި ގުޅޭގޮތުން އެކަމުގެ ފުންނާބު އުސް މާހިރުން ކިޔައވައިދެއްވި ކަމަށް ވެސް ފުލުހުން ބުނެއެވެ.

- ކޮމެންޓް
10 މެއި 2017 | ބުދަ 08:57
ކަނައްކަފޫޅު
ތިޔަކިޔާ ފޮރެންސިކް ރިޕޯޓަކީ ރައްޔިތުންނައްހުރި ބޮޑު ބިރެއް....އޭގައި އެލިޔާ ފަތިވަރު އެއްވެސްމީހަކަށް އެނގެނީއަަކީ ނޫން....އޭގެމައްޗައް ބިނާކޮށް އިންތިޚާބްތައް ބާތިލް ކުރަނީ.....އޭގެ މައްޗަށް ބިނާކޮށް މީސްމީހުންގެ މުޅި ހަޔާތް ބަރުބާދު ވެގެންދާފަދަ ހުކުމތައް އިއްވަނީ....ތިއޮތީވާ ފޮރެންސިކް ރިޕޯޓެއް....ބިރުހުރި ފޮރެންސިކް ރިޕޯޓެއް