Advertisement
ކ. މާލެ
|
9 މެއި 2017 | އަންގާރަ 21:35
ކައުންސިލް އިންތިޚާބަށް ފަހު ޕީޕީއެމުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން
ކައުންސިލް އިންތިޚާބަށް ފަހު ޕީޕީއެމުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
ކައުންސިލް އިންތިޚާބު
ކައުންސިލް އިންތިޚާބުން ބަލިވެއްޖެކަން ނިހާން ގަބޫލުފުޅު ކުރައްވައިފި
ޕީޕީއެމަށް ކައުންސިލް ގޮނޑިތަކުގެ މެޖޯރިޓީ ނުލިބުނު ސަބަބުތައް ދެނެގަންނަން ޖެހޭ: ނިހާން
ދެން އޮތީ މިސްޓޭކްތައް ރަނގަޅުކޮށް 2018 އަށް ތައްޔާރުވުންކަމަށް ނިހާން ވިދާޅުވި
2018 އަށް ފައިނަލަށް ދިޔައީ، އެމްޑީޕީއާއި ޕީޕީއެމް

ލޯކަލް ކައުންސިލް އިންތިޚާބުން ބަލިވެއްޖެކަން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ގަބޫލުފުޅު ކުރައްވައިފިއެވެ.

އަންގާރަ ދުވަހު ނިހާން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމަށް ކައުންސިލް ގޮނޑިތަކުގެ މެޖޯރިޓީ ނުލިބުނު ސަބަބުތައް ދެނެގަންނަން ޖެހޭ ކަމަށާއި އަދި އެކަންތައް އިސްލާހުކޮށްގެން ދެންފަހަރަކުން ކާމިޔާބު ހޯދޭތޯ ގަދައަޅާ މަސައްކަތް ކުރާނޭކަމަށެވެ.

އެހެންނަމަވެސް ކައުންސިލް އިންތިޚާބަށްފަހު ޕީޕީއެމުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ، ޕީޕީއެމަށް މި އިންތިޚާބުގައި ފާހަގަކޮށްލެވޭ ވަރުގެ ނަތީޖާއެއް ލިބިއްޖެކަމަށެެވެ.

އަންގާރަ ދުވަހު ނިހާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިއީ ސެމީ ފައިނަލް ބުރުކަމަށާއި، މި ބުރުގެ ފައިނަލް މެޗް އޮތީ، 2018 ވަނަ އަހަރު ކަމަށެވެ. އަދި ފައިނަލަށް ދިޔައީ، އެމްޑީޕީއާއި ޕީޕީއެމްކަަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ދެން އޮތީ މިސްޓޭކްތައް ރަނގަޅުކޮށް 2018 އަށް ތައްޔާރުވުންކަމަށެވެ.

ނިހާން ވިދާޅުވީ، 2018 ކާމިޔާބު ކުރާނެ ހިތްވަރު އެބަހުރިކަމަށާއި، ކާމިޔާބު ކުރާނީ އެއްބުރުން ކަމަށެވެ.

ނިހާން މިހެން ވިދާޅުވިއިރު، މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ ގިނަ މެންބަރުން ނިސްބަތްވާ ދާއިރާތަކުެ ކައުންސިލްތަކުގެ ބާރުވެސް މި އިންތިޚާބުގައި ޕީޕީއެމަށް ވަނީ ގެއްލިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މިނެޓު ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް