ކ. މާލެ
|
6 މެއި 2021 | ބުރާސްފަތި 15:57
ރައީސް ނަޝީދު އެދިވަޑައިގަތީ ގައުމީ މަޖިލީހުން ގަރާރު ފާސްކޮށްދެއްވުމަށް
ރައީސް ނަޝީދު އެދިވަޑައިގަތީ ގައުމީ މަޖިލީހުން ގަރާރު ފާސްކޮށްދެއްވުމަށް
ރާއްޖެއެމްވީ
އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހެޅުން
އެމްއެމްޕީއާރްސީގެ މައްސަލައިގެ ފައިސާ އަނބުރާ ދައުލަތަށް ހޯދަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
 
ގަރާރު ހުށަހެޅުއްވީ ރައީސް ނަޝީދު
 
ބޭރުގެ މާހިރެއްގެ އެހީއާއެކު އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަށް ޕީޖީއަށް ބާރުދިނުން

އެމްއެމްޕީއާރްސީގެ މައްސަލައިގެ ފައިސާ އަނބުރާ ދައުލަތަށް ހޯދަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މިގަރާރުގައި ވަނީ، ބޭރުގެ ފަންނީ މާހިރެއްގެ އެހީތެރިކަމާއެކު އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަން ޕީޖީ ގުރޫޕަށް ބާރު ދިނުމަށެވެ. ޕީޖީ ގްރޫޕަކީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ގްރޫޕެވެ. އެމްޑީޕީގެ ޕާލިމަންޓަަރީ ގްރޫޕެވެ.

ޤަރާރުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދުކަމަށްވާއިރު، އެ ތަހުގީގު ކުރުމަށްޓަކައި މި ވެރިކަމުގައި އެސެޓް ރިކަވަރީ ކޮމިޝަން އުފައްދައި ފުލުހުންނާއި އޭސީސީއާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ފަށާފައި ވިޔަސް އެކަށީގެންވާ ނަތީޖާ ނުފެންނަ ކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ގައުމީ މަޖިލީހުގެ 10 މެންބަރުން ސޮއިކޮށް ބައްދަލުވުމެއް ބާއްވައި ދިނުމަށް ހުށަހަޅައިފިނަމަ ބައްދަލުވުމެއް ބޭއްވޭނެއެވެ. ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ ގައުމީ މަޖިލީހުގެ މެންބަރުން އެމަނިކުފާނުގެ ގަރާރު ބަލައިގަނެ، އެދިވަޑައިގެންފައިވާ ގޮތަށް ޕީޖީ ގުރޫޕަށް ބާރު ދިނުމަށް ފާސް ކޮށްދިނުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
50%
0%
33%
17%
0%
ކޮމެންޓް