Advertisement
ކ. މާލެ
|
9 މެއި 2017 | އަންގާރަ 20:12
ޔާމީން ރަޝީދު
ޔާމީން ރަޝީދު
ޓްވިޓަރ
ޔާމީން ރަޝީދު
"ޔާމީން މަރާލުމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެން"
ފުލުހުން ވަނީ މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައި
ޔާމީންގެ އާއިލައިންވަނީ ތަހުގީގުގައި ބައިނަލް އަގުވާމީ ފަރާތްތައް ބައިވެރިކުރަން ގޮވާލާފައި

އެޕްރީލް 22 ވަނަ ދުވަހުގެ ރޭ އަނިޔާވެރިކޮށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމިން ރަޝީދު މަރާލުމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފިއެވެ.

ޔާމީންގެ މަރުގެ މައްސަލާގައި އަންގާރަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ފުލުހުން ބުނެފައިވަނީ އެ މައްސަލާގައި ބޮޑެތި ކުރިއެރުންތަކެއް މިޙާރު ހޯދިފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި މިހާތަނަށް 6 މީހަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ މިދިޔަ އެޕްރީލު މަހުގެ 22 ވަނަ ދުވަހުގެ ރޭ އޭނާ އުޅެމުން ދިޔަ މ.ސްޕެޓިއުލާ ގޭގެ ސިޑިގޮޅި ތެރޭގައި ދިން ރަހުމު ކުޑަ ހަމަލާތަކެއްގައެވެ.

ޔާމީންގެ އާއިލައިންވަނީ އޭނާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ބައިނަލް އަގުވާމީ ފަރާތްތައް ބައިވެރިކުރަން ގޮވާލާފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ މި ތަހުގީގުގައި އެއްކުރެވިފައިވާ، އަދި ލިބިފައިވާ ހެކި އިތުރަށް ތަހުލީލުކުރުމަށްޓަކައި ބައިނަލްއަޤުވާމީ އެހީތެރިކަމަށް އެދި، ޔޫރަޕާއި އާސިޔާންގެ ގައުމުތަކުގެ ކުރިއަރާފައިވާ ފޮރެންސިކް ލެބޯޓްރީތަކަށް ފޮނުވާފައިވާ ކަމަށާ، އެ ހެކިތައް އެފަރާތްތަކުން ތަހުލީލު ކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް