ކ. މާލެ
|
4 މެއި 2021 | އަންގާރަ 22:56
އިންޑިއާގައި އޮކްސިޖަން ސަޕްލައި މަދުވެ ހޮސްޕިޓަލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
އިންޑިއާގައި އޮކްސިޖަން ސަޕްލައި މަދުވެ ހޮސްޕިޓަލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
ރޮއިޓަރސް
އިންޑިއާގެ ކޮވިޑް-19ގެ ހާލަތު
އޮކްސިޖަނަށް އާދޭސްކުރަން އެންމެފަހުން ކޯޓަށް
ކޯޓުން ވަނީ ވަގުތުން ހޮސްޕިޓަލަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ދިއްލީ ސަރުކާރަށް އަމުރުކޮށްފައި
އޮކްސިޖަން ނުލިބޭ މައްސަލަ ކޯޓަށް ހުށައަޅާފައި ވަނީ އާދިއްތަ ދުވަހު
އިންޑިއާގެ ހޮސްޕިޓަލްތަކަށް އޮކްސިޖަން ނުލިބޭ މައްސަލަ ހުށައަޅާފައި ވަނީ ދިއްލީ ހައިކޯޓަށް

އިންޑިއާގެ ހޮސްޕިޓަލްތަކަށް އޮކްސިޖަން ނުލިބި އެންމެ ފަހުން އޮކްސިޖަން ހޯދަން ހޮސްޕިޓަލްތަކުން ކޯޓަށް ހިނގައްޖެއެވެ.

އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ގޯސްވެފައި މިވަނީ ކޮންބައެއްގެ އިހުމާލުންތޯ ސަރުކާރުން އެކަކު އަނެކަކަށް އިނގިލި ދިއްކުރަމުންދާއިރު، ބަލިޖެހޭ މީހުންގެ ނަންބަރު އިތުރުވެ ހޮސްޕިޓަލްތައް ވަނީ ފުރި ބާރުވެފައެވެ. ހޮސްޕިޓަލްތަކުގައި އޮކްސިޖަންގެ ސަޕްލައި މަދުވެ، ބަލިޖެހޭ މީހުންނަށް އެންމެ އެކަށޭނެ ގޮތުގައި ފަރުވާދިނުމަށް ދަތިވެ، އޮކްސިޖަން ނުލުބި ލަސްވާތީ ހޮސްޕިޓަލްތަކުން ވަނީ އޮކްސިޖަން ނުލިބި ލަސްވާ މައްސަލަ ދިއްލީގެ ހައިކޯޓަށް ހުށައަޅާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ދެ ޖަޖުންގެ ބެންޗަކުން ދަނީ ކޮންމެ ދުވަހަކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މި މައްސަލައިގެ އަޑުއެހުންތައް ބާއްވަމުންނެވެ. މިކޮންފެރަންސް ތަކުގައި ހޮސްޕިޓަލްތަކުން ދަނީ ކޮންމެ ދުވަހަކުވެސް ގާނޫނުއަސާސީން ރައްޔިތުންނަށް ލިބެންޖެހޭ ސިއްހީ ރައްކާތެރިކަމުގެ ވާހަކަ ބަޔާންކޮށް ޕެޓިޝަންތައް ހުށައަޅަމުންނެވެ. މި ކޮންފަރެންސްތަކުގައި އާންމުންނާއި ސަރުކާރުގެ އޮފިޝަލުން ވެސް ބައިވެރިވެއެވެ.

މި މައްސަލައިގައި ވަކާލާތުކުރާ ލޯޔަރުން ވަނީ މިހަފްތާގެ އާދިއްތަ ދުވަހު އިންޑިއާގެ ސިތަރަމް ބަރތިއާ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ 42 ޕޭޝަންޓުންނަށް ފަރުވާދިނުމަށް ބާކީ 30 މިނެޓުގެ އޮކްސިޖަން ހުރުމާއި އިތުރު އޮކްސިޖަން ހޮސްޕިޓަލަށް ނުލިބުމުން އެ މައްސަލަ ކޯޓަށް ހުށައަޅަން ނިންމީ ކަމަށް ބުނެފައެވެ. މައްސަލަ ކޯޓަށް ހުށައެޅުމުން، ވަގުތުން ހޮސްޕިޓަލަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ކޯޓުން އަމުރުކުރި ކަމަށާއި މީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ކޯޓުން ސަލާމަތްކޮށްދިން ކަމަށް ލޯޔަރުން ބުނެއެވެ.

އިންޑިއާއިން އޮކްސިޖަންގެ ސަޕްލައި މަދުވަމުންދާ މައްސަލައާއި ކުރިމަތިލާއިރު، އެގައުމުން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 20 މިލިއަން ފަހަނައަޅައި ގޮސްފައެވެ. އަދި ފާއިތުވު ދެ ދުވަހު އިންޑިއާއިން ދުވާލެއްގެ މައްޗަށް ރިޕޯޓްކުރެވޭ ކޭސްތަކުގެ އަަދަދު މަދުވި ނަމަވެސް އަވަސް މުސްތަގުބަލެއްގައި އޮކްސިޖަންގެ މައްސަލައަށް ހައްލެެއް ނުލިބޭނެ ކަމަށް މާހިރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް