Advertisement
ކ. މާލެ
|
9 މެއި 2017 | އަންގާރަ 18:25
ފުލުހުންނަށް މި ރަމަޟާން މަހަށް ދީފައިވާ ހަދިޔާ
ފުލުހުންނަށް މި ރަމަޟާން މަހަށް ދީފައިވާ ހަދިޔާ
ޓްވިޓަރ
ފުލުހުން
ރޯދައިގެ އިނާޔަތުގެ ގޮތުގައި ފުލުހުންނަށް ދޭން ބުނި 600ރ. ގެ އިނާޔަތް ބަހަން ފަށައިފި
ރޯދަ އިނާޔަތުގެ ގޮތުގައި 3،000ރ. ވެސް ކޮންމެ ފުލުހަކަށް ލިބޭނެ

ރޯދައިގެ އިނާޔަތުގެ ގޮތުގައި ފުލުހުންނަށް ދޭން ބުނި 600ރ. ގެ އިނާޔަތް ބަހަން ފަށައިފިއެވެ.

ފުލުހުންގެ ދެންނެވުމެއްގައި ބުނެފައިވަނީ މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހުވެސް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ ހިއްސާވާ ކުންފުނިތަކުގެ ފައިދާއިން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް 600 ރުފިޔާގެ ތަކެތި އިނާޔަތެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މޭމަހުގެ 9 އިން ފެށިގެން ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 9 އިން ހަވީރު 5 އަށް، އަދި ރޭގަނޑު 8 އިން ފެށިގެން ރޭގަނޑު 10 އަކަށް އިސްކަންދަރު ކޮށީގެ މިސްކިތް ސަރަހައްދުން ލިބެން ހުންނާނެކަމަށެވެ.

ފުލުހުންނަށް 600 ރ. ގެ އިނާޔަތަށް ބަހަނީ 12 މަސްދަޅު، 6 ދަޅު އަލަނާސި، 1 ބަސްތާ ބާސްމަތީ ހަނޑޫ (5 ކިލޯގެ) އަދި 1 ފުޅި ކުކިންގ އޮއިލް (ސަންފްލާވާ) އެވެ.

މީގެ އިތުރުން ވަޒީފާގެ ގާނޫނުގައި ބުނެފައިވާ ރޯދަ އިނާޔަތުގެ ގޮތުގައި 3،000ރ. ވެސް ކޮންމެ ފުލުހަކަށް ލިބޭނެއެވެ.

މިދިޔަ ރޯދަ މަހުވެސް ފުލުހުންނަށް ވަނީ ރޯދައިގެ އިނާޔަތުގެ ގޮތުގައި ތަކެތި ބަހާފައެވެ. އެފަހަރު ބަހާފައިވަނީ 8 މަސްދަޅު، 8 އަލަނާސިދަޅު އަދި 5 ގެރިކިރު ދަޅެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް