ކ. މާލެ
|
9 މެއި 2017 | އަންގާރަ 17:33
އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް
އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް
ރާއްޖެ އެމްވީ
ކުނޫޒް ޖަލްސާ
ނާކާމިޔާބީއާ ކުރިމަތިވީ ސިޔާސީ ލީޑަރުން ރައީސް ޔާމީނުގެ ވަކިތަކުގެ ދަށުގައި ބަންދުކޮށްފައިވާތީ: ޝިފާޒު
ބުއްދި ހަމަޖެހޭ ވެރިއެއް ނަމަ ގާސިމް އިބްރާހީމް ޖަލުގައި ބާއްވައިގެން އިންތިޚާބަކަށް ނުދިޔައީސް
ް ވޯޓު އޮޅުވާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފަ
ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އިންތިޚާބުގެ ނަތީޖާ ބަދަލެއް ނުކުރެވޭނެ

ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ ރާއްޖޭގެ ސިޔާސީ ލީޑަރުން ރައީސް ޔާމީނުގެ ވަކިތަކުގައި ހައްޔަރުކޮށްފައިވާތީ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހުގެރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ ކިރިޔާވެސް ބުއްދި ހަމަޖެހޭ ވެރިއަކު ނަމަ އިންތިޚާބުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޖަލުގައި ބާއްވައިގެން އިންތިޚާބަކަށް ނުދިޔައީސް ކަމަށެވެ.

ޝިފާޒު ވިދާޅުވީ އިންތިޚާބު އަދި ނުނިމޭ ކަމަށާއި، މިފަދަ އިންތިޚާބެއް ނިމިގެން ދާއިރު ވައްކަމެއް، މަކަރެއް، އޮޅުވާލުމެއް ފަދަ ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެފަދަ ކަމެއް ނުކޮށް ދޫކޮށްލެއްވުމަކީ ރައީސް ޔާމީންގެ ޒާތުފުޅާ ގުޅޭ ކަމެއް ނޫން ކަމަށާއި، މިހާރުވެސް ވޯޓު އޮޅުވާލުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން ލިބޭ މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

ޝިފާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި ތިއްބެވި ބޭފުޅުންނަށް ކިތަންމެ ވަރަކަށް މަޖުބޫރު ކުރައްވައިގެން މި އިންތިޚާބުގެ ނަތީޖާއާ ކިތަންމެ ވަރަކަށް ސަރުކާރުން ކުޅެން އުޅުއްވި ނަމަވެސް މި ނަތީޖާ ދެން ބަދަލު ނުކުރެއްވޭނޭ ކަމަށެވެ. އެހެން ނަމަވެސް 10 ވަރަކަށް ވޯޓުގެ ތަފާތު ހުރި ތަންތަނުގެ

ނަތީޖާ އަނބުރާލެވޭނޭ ގޮތަކާ މެދު ސަރުކާރުން ވިސްނަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ. އަދި ވޯޓުގެ ނަތީޖާ ފޭރި ނުގަންނާނޭ ކަމުގެ ސީދާ ޔަގީންކަން ލިބޭނީ ދާއިމީ ނަތީޖާ ހާމަކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އުފާވަނީ އިލެކްޝަންސް ކޮމިޝަނުގެ ތެރޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިފަދަ މައުލޫމާތުތައް ލިބިގެންދާތީ

ޝިފާޒް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ނުކުމެ މިފަދަ ގޮތަކަށް ރައީސް ޔާމީނަށް ބޮޑުތަނުން ނޫނެކޭ ބުނީމާ އިލެކްޝަންސް ކޮމިޝަނުގައި ތިއްބެވި މެންބަރުންވެސް ރައްޔިތުންނާއެކު މިހާރު ތިއްބެވިކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ.

މި ވޯޓުގެ ނަތީޖާއާ އެކު ދެން ފެށިގެންދާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު ނީންނަވާ މަންޒަރު ކަމަށާއި، އެ މަޖިލީހުން ދެން ފެނިގެންދާނީ ސީދާ ރައްޔިތުންގެ ވިންދާ އެއްކޮޅަށް މަސައްކަތްކުރަމުންދާތަން ކަމަށްވެސް ހޯމަ ދުވަހުގެރޭގެ ޖަލްސާގައި ޝިފާޒު ވިދާޅުވިއެވެ.

- ކޮމެންޓް