Advertisement
ކ. މާލެ
|
9 މެއި 2017 | އަންގާރަ 07:43
ބޫޓުގައި ފޮރުވާފައިވާ މަސްތުވާތަކެތި
ބޫޓުގައި ފޮރުވާފައިވާ މަސްތުވާތަކެތި
ކަސްޓަމްސް
ރާއްޖެ އެތެރެކުރި މަސްތުވާތަކެ
ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި
އަތުލައިގަނެފައިވަނީ 54 އަހަރުގެ ޕާކިސްތާނު މީހެއް
އޭނާ ރާއްޖެއައީ ދުބާއީ އިން
އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ހަތަރު މިލިއަނަށް އަރާނެކަމަށް ކަސްޓަމްސްއިން ބުނޭ

ރާއްޖެއަށް އެތެރެކުރަން އުޅުނު 1.1 ކިލޯގެ މަސްތުވާތަކެއްޗާއެކު ބިދޭސީއަކު އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ބުނީ، މަސްތުވާތަކެތީގެ މިމައްސަލާގައި އަތުލައިގަނެފައިވަނީ 54 އަހަރުގެ ޕާކިސްތާނު މީހެއް ކަމަށެވެ. ކަސްޓަމްސްއިން ބުނީ، އޭނާ އަތުލައިގަނެފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު ދުބާއީއިން ރާއްޖެއައި ވަގުތު އޭނަގެ ހަރަކާތްތައް ހުރިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ފަސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުކުރެވިގެން ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އޭނާގެ ހަށިގަނޑު ބަލާފާސްކުރުމުގެ ތެރޭގައި އޭނާ އަރައިގެންހުރި ބޫޓުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި އަޅާފައިހުރި 2 ޕެކެޓް ފެނިފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ، މި ތަކެތި ތަހުލީލުކުރިއިރު މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. މި މީހާގެ އަތުން އަތުލެވުނު 1.1 ކިލޯ ގްރާމްގެ މަސްތުވާތަކެތީގެ މަގުމަތީއަގު ހަތަރު މިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

މީގެ އިތުރުން ކަސްޓަމަސްއިން ބުނީ، މިމީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރެވިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް