ކ. މާލެ
|
28 އޭޕްރިލް 2021 | ބުދަ 14:51
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު- ރައީސް ވިދާޅުވީ ރާއްޖެ އަބަދުވެސް އިންޑިއާއާއެކު އޮންނާނެކަމަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު- ރައީސް ވިދާޅުވީ ރާއްޖެ އަބަދުވެސް އިންޑިއާއާއެކު އޮންނާނެކަމަށް
ރައީސް އޮފީސް
އިންޑިއާއާއި ރާއްޖޭގެ ގުޅުން
ކޮވިޑުގެ 2 ވަނަ ރާޅާއެކު އިންޑިއާގެ ޙާލަތު ގޯހުން ގޯހަށް ދިއުމާއެކު ރައީސް ޞާލިޙުގެ ކަންބޮޑުވުން!
 
ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް އެ ޤައުމުން ކޭސްތައް ރިިޕޯޓު ކުރެވެމުންދޭ
 
އިންޑިއާއިން މިހާރު ދުވާލެއްގެ މައްޗަށް 3 ލައްކައަށްވުރެ ގިނަ ކޭސް ރިޕޯޓު ކުރެވޭ
 
ރާއްޖެ އޮތީ އަބަދުވެސް އިންޑިއާއާ އެކުގައި ކަމަށް ވިދާޅުވި

ކޮވިޑުގެ 2 ވަނަ ރާޅާ އަވައްޓެރި އިންޑިއާއިން ކުރިމަތިލާން ޖެހިފައިވާއިރު، އެ ޤައުމަށް ދިމާވެފައިވާ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ކަންބޮޑުވުން ފާޅު ކުރައްވައި އިންްޑިއާއާއެކު ރާއްޖެ އަބަދުވެސް އޮންނާނެކަމަށް ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ކޮވިޑުގެ އިތުރު ރާޅަކާ ކުރިމަތިލަމުންދާއިރު، އެ ޤައުމުން ރެކޯޑު އަދަދުތަކުން ދަނީ މީހުން ޕޮޒިޓިވްވަމުންނެވެ. އެކަމާ ގުޅޭގޮތުން ބުދަ ދުވަހު ރައީސް ޞާލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ޙާލަތާމެދު ރާއްޖެއިން ނުހަނު ހިތާމަކޮށް ކަންބޮޑުވާ ކަމަށާއި، ރާއްޖެ އޮތީ އަބަދުވެސް އިންޑިއާއާ އެކުގައި ކަމަށެވެ. އަދި އިންޑިއާގެ ޙާލަތު ރަނގަޅު ކުރުމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާގެ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ރާއްޖެއަށް ވެސް އެކަމުން ހިތްވަރު ލިއްބައިދޭކަމަށް ވިދާޅުވެފައެވެ.

މުޅި ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓުކުރާ ގައުމަކަށް އިންޑިއާ ވެގެންގޮސްފައިވާއިރު، އޮކްސިޖަން ލިބުމުގެ ދަތިތަކާއި، ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް ކޭސްތައް އިތުރުވެ އެ ގައުމުގައި ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދުތައް ވެސް ދަނީ އިތުރުވަމުންނެވެ. ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން މަރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ޖާގަ ނެެތުމުގެ ސަބަބުން އާއިލާތައް ކިއޫގައި ތިބެން ވަނީ ޖެހިފައެވެ. އަދި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުސް ބިންތަކާއި ޕާކުތައް ވެސް ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ބޭނުންކުރަން ފަށާފައެވެ.

އިންޑިއާއިން މިހާރު ދުވާލެއްގެ މައްޗަށް 3 ލައްކައަށްވުރެ ގިނަ ކޭސް ރިޕޯޓު ކުރެވެމުންދާއިރު، އެ ގައުމުން މިހާތަނަށް 17 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި 192،000ށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
50%
0%
50%
0%
ކޮމެންޓް
29 އޭޕްރިލް 2021 | ބުރާސްފަތި 06:24
ވަރަބިދުނުކޮތަރު
އަދި ކިރިޔާ ހަމްދަރުދީވެވުނީ . ހާލުގަ އުޅޭމީހާއަށް އެހީވާމީހާއަށް ހަމްދަރުދީވުން ރައިސްސޯލިހު އެކަމުގައުޅުއްވަނީވަރަށް ފަހަތުގަ . ފެނުކައްކާބޮލީގެ އިއްޒަތް ދެވޭތީވާގޮތް އެއީ . ބަޑުހައިވެގެން ވަޅުދޮށަށް ދެމޭޅަމާކަނާގެ އުސޫލު . އިންޑިޔާސަރުކާރަކުން އިންޑިޔާއަށް ފޮނުވޭނެ އެހީއެއް ހަމްދަރުދީއެއްވެސް ނޯންނާނެ . މޯދީވެސް އިންތިހާބް ބޭއްވީރައިސްސޯލިހުވެސް އިންތިހާބާގެން . ކޮވިޑް ފެތުރުނަސްވަރިހަމަ . އެއްމެންވެސް އުޅޭނީސަރުކާރަށްޓެކްސް ދައްކައިގެން އަސާސީބޭނުން ނުފުއްދާނަމަ އިންޑިޔާރައްޔިތުން މޯދީއަށް ބަވާނެ . ދިވެހިން ރައިސްސޯލިހަށް މާބޮޑަށްވެސް ބަވަން ޖެހޭނެ . އެވަރަށް ޖޫރިމަނާކޮއްގެންވެސް ފައިސާހޯދާތީ . ރައްޔިތުންގެ ޒަރޫރީބޭނުންތައް ނުފުއްދާވެސް ސިޔާސީ މީހުންނަށް އަގްލަބިއްޔަތު ބޮޑުކުރަން މުސާރަދެވޭގޮތް ހޯދަން ޖެހޭނެ . މަމެންނަށް މިހިރީރައިސެއް ލިބިފަ .