ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 22:26
އެމެރިކާގައި ކުރިއަށް ގެންދާ ވެކްސިންގެ ހަރަކާތުގެ ތެރެއިން
އެމެރިކާގައި ކުރިއަށް ގެންދާ ވެކްސިންގެ ހަރަކާތުގެ ތެރެއިން
ސީ.އެން.އެން
އެމެރިކާގެ ކޮވިޑް-19ގެ ހާލަތު
ކޮވިޑް ވެކްސިން ފުރިހަމަކުރުމުން މާސްކު އަޅަން ނުޖެހޭގޮތަށް އެމެރިކާއިން ނިންމައިފި
 
އެއް ގެއެއްގައި އުޅޭ މީހުން އެއްކޮށް ބޭރަށް ނުކުމެ އުޅޭއިރު މާސްކު އަޅަން ނުޖެހޭ
 
މީހުން ގިނަ ތަންތަނަށް އެއްވާނަމަ މާސްކު އަޅަންޖެހޭ

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ބޭރުގައި އުޅޭއިރު މާސްކު އަޅަން ނުޖެހޭގޮތަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ވަނީ އެގައުމުގައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ބޭރަށް ނުކުމެ އުޅޭއިރު މާސްކު ނާޅާ އުޅެވޭނެކަމަށް ބުނެފައެވެ. އެހެން ނަމަވެސް މީހުން ގިނަ ތަންތަނަށް އެއްވާނަމަ މާސްކު އަޅަންވާނެކަމަށް ސީޑީސީން ވަނީ ބުނެފައެވެ.

ސީޑީސީ އަންގާރަ ދުވަހު ނެރުނު އައު ގައިޑްލައިންގައިވާ ގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތައް، ހިނގަންނުކުމެ އުޅޭއިރުގަޔާއި ދުވަން އަދި ބައިސްކަލު ދުވަން ނުކުމެ އުޅޭއިރު، އެކަނި އުޅޭނަމަ މާސްކު އަޅާކަށް ނުޖެހެއެވެ. އަދި އެއް ގެއެއްގައި އުޅޭ މީހުން އެއްކޮށް ބޭރަށް ނުކުމެ އުޅޭއިރު މާސްކު އަޅަން ނުޖެހޭނެކަމަށްވެސް ސީޑީސީން ބުނެއެވެ.

ސީޑީސީން ވަނީ ކުދި އެއްވުންތައް ބާއްވާއިރު ވެކްސިން ޖަހާފައިވާ މީހުންނާއެކުނަމަ މާސްކު އެޅުން މަޖުބޫރު ނުވާނެކަމަށް ބުނެފައެވެ.

އެމެރިކާގައި ކޮވިޑް ވެކްސިންޖެހުމުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު، އެގައުމުގައި ކޮވިޑް ޖެހިގެން 570,000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
50%
50%
0%
ކޮމެންޓް