ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 00:38
އަލްއަމީރު މުހައްމަދު ނޫރައްދީން (ނ.ޢ.ޢ.ވ) ގެ އަނބިކަނބަލުން މ ތާނގީދޮށުގޭ ފާތިމަތު ނާސިރާ
އަލްއަމީރު މުހައްމަދު ނޫރައްދީން (ނ.ޢ.ޢ.ވ) ގެ އަނބިކަނބަލުން މ ތާނގީދޮށުގޭ ފާތިމަތު ނާސިރާ
ރާއްޖެއެމްވީ
ފާތިމަތު ނާސިރާ އަވަހާރަވުން
އަލްއަމީރު މުހައްމަދު ނޫރައްދީނުގެ އަނބިކަނބަލުން ނާސިރާ އަވަހާރަވެއްޖެ
 
ކަށުނަމާދު ކުރުން އޮތީ ފަތިސް ނަމާދަށް ފަހު
 
މުހައްމަދު ނޫރައްދީނަކީ ކުރީގެ ރަސްކަލެއް ކަމަށްވާ ހަސަން ނޫރައްދީން 2 ވަނައިގެ ދަރިކަލެއް
 
ނާސިރާ އުފަންވެވަޑައިގަތީ 1934 ވަނަ އަހަރުގެ މާރޗު މަހުގެ 30 ވަނަ ދުވަހު

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އަލްއަމީރު މުހައްމަދު ނޫރައްދީން (ނ.ޢ.ޢ.ވ) ގެ އަނބިކަނބަލުން މ ތާނގީދޮށުގޭ ފާތިމަތު ނާސިރާ އަވަހާރަވެއްޖެއެވެ.

ނާސިރާ އަވަހާރަވެފައިވަނީ އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައެވެ. އޭރު އުމުރުފުޅުން 87 އަހަރެވެ.

އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން ދިގު މުއްދަތަކަށް ނާސިރާ ވަނީ އައިޖީއެމްއެޗްގައި ފަރުވާ ވެސް ހޯއްދަވާފައެވެ. އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ ފަތިސް ނަމާދަށް ފަހުއެވެ.

ނާސިރާ އުފަންވެވަޑައިގަތީ 1934 ވަނަ އަހަރުގެ މާރޗު މަހުގެ 30 ވަނަ ދުވަހުއެވެ. އެކަމަނާއަކީ ދައުލަތުގެ ވަޒީރުކަން ކުރެއްވި ސާހިބުއްސައާދަތު ކޮލިގޭ އުމަރު މަނިކުގެ ދޮށީ ދަރިކަނބަލުންނެވެ.

ނާސިރާއަކީ އަލްއަމީރު މުހައްމަދު ނޫރައްދީން ނ.ޢ.ޢ.ވ.ގެ އަނބިކަނބަލުންނެވެ. މުހައްމަދު ނޫރައްދީނަކީ މިހާރު ހުންނެވި ހަމައެކަނި އަލްއަމީރު ނުވަތަ ރަސްކަލެއްގެ ދަރިކަލުންނެވެ. އަލްއަމީރު މުހައްމަދު ނޫރައްދީނުގެ ބައްޕާފުޅަކީ ސުލްތާން ހަސަން ނޫރައްދީން 2 ވަނައެވެ.

ނާސިރާާގެ ބޭފުޅުންނަކީ މުހައްމަދު މާހިރު ދީދީ، އަހުމަދު މާހިރު ދީދީ، އަލީ ނޫރައްދީން، އިސްމާއީލް ނޫރައްދީން، އާއިޝަތު ނޫރައްދީން އަދި މަރިޔަމް ނޫރައްދީނެވެ.

ނާސިރާއަކީ މަޝްހޫރު ވިޔަފާރިވެރިން ކަމުގައިވާ ކޮލިގޭ މުހައްމަދު އުމަރު މަނިކު ނ.މ.ޝ.ޢ އާއި އަހުމަދު އުމަރު މަނިކުގެ ދައްތާފުޅެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
6%
3%
76%
9%
3%
3%
ކޮމެންޓް
27 އޭޕްރިލް 2021 | އަންގާރަ 04:58
Dhimna
ޚަދީޖާ ނޫރައްދީން ވެސް އެއީ ދަރިކަނބަލެއް
27 އޭޕްރިލް 2021 | އަންގާރަ 04:52
މުސް
ޚަދީޖާ ނޫރަައްދީން ވެސް ހުންނަވާ