ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 00:05
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އަދި އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އަދި އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު
ރާއްޖެއެމްވީ
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ މައްސަލަ
މެމްބަރ ވައްޑޭގެ ވެދުން ސަލާމް މިނިސްޓަރ ނަހުލާއަށް
 
ކޮމިޓީގައި ކުރިޔަށްދިޔައީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލް ދިރާސާކުރުން
 
މިނިސްޓަރ ހުންނެވީ ގަދަކޮށް
 
ޓްރާންސްޕޯޓް މިނިސްޓަރ ހެޔޮހާލުގައި ހުންނެވިތޯ ވައްޑެ އެއްސެވި

ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލް ދިރާސާކުރަމުންދާ ކޮމިޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަޑައިނުގަންނަވާތީ އެކަމުގެ ކަންބޮޑުވުން އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު ކޮމިޓީގައި ފާޅުކުރައްވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިންގުން ހަރުދަނާކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. މިބިލް ދިރާސާކުރަމުންދަނީ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކުންނެވެ. އެކޮމިޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ މިބިލް އުވާލުމާއިގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއާއި އެޓަރނީ ޖެނެރަލް އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ބައްދަލުކޮށް މަޝްވަރާކުރައްވާފައެވެ. މިބައްދަލުވުމުގައި ޓްރާންސްޕޯޓް އޮތޯރިޓީއާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރު، ޑެޕިޔުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ އަދި ޑެޕިޔުޓީ މިނިސްޓަރ ޝިމާޒް އަލީއެވެ.

މިބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ބޮޑަށް ފާހަގަކުރިކަމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލަނީ ޓްރާންސްޕޯޓް އޮތޯރިޓީއާއި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން މިނިސްޓަރ ބޭނުންފުޅުވާ ގޮތަށް ސިޔާސަތުތައް ތަންފީޒުކުރަމުން ނުދާކަމަށާއި މިނިސްޓަރުގެ ބަސް ނުވިކޭކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ތަނުގެ ތެރޭގައި ކޮރަޕްޝަން އަށަގަނެފައި އޮތްމިންވަރުން އެތަން އުވާލައިގެން ނޫނީ އެކަމަށް ހައްލު ނުގެނެވޭނެކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު ވަނީ އެހެންކަމުން އެކަމުގެ ހައްލަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު އުވާލުންތޯ ނުވަތަ ގާނޫނު އުވާލުންތޯ ސުވާލުކުރައްވާފައެވެ. އަދި ގާނޫނު އުވާލިޔަސް އެތަނުގެ މީހުން ތިބޭއިރު އެކަމުގެ ސަބަބުން މައްސަލައަށް އަންނަނީ ކޮން ހައްލެއްތޯ ވަނީ އައްސަވާފައެވެ. މީގެއިތުރުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ މަޝްވަރާތަކެއްކުރާއިރު ޓްރާންސްޕޯޓް މިނިސްޓަރ ހެޔޮހާލުގައި ހުންނެވިތޯ ވަނީ އައްސަވާފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ވެރިންވެސް އެބަތިއްބެވި، އެބޭފުޅުން ނެތީ ކީއްވެތޯ؟ޓްރާންސްޕޯޓް މިނިސްޓަރު ކޮބައިތޯ؟ މިނިސްޓަރު ގަދަވެ ހެޔޮހާލުގައި އެބަހުންނެވިތޯ؟ ހުންނެވި ކަމަށްވާނަމަ އަޅުގަނޑުގެ ވެދުން.
މުހައްމަދު ވަހީދު/ އުނގޫފާރު ދާއިރާގެ މެމްބަރ

މިކަމަށް ޖަވާބު ދެއްވަމުން ޑެޕިޔުޓީ މިނިސްޓަރ ހަމަދު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުގައި ތިއްބެވި ބޭފުޅުން މަސައްކަތްކުރައްވަނީ ރަނގަޅު ނިޔަތެއްގައި ނޫންކަމަށެވެ. މިނިސްޓްރީއާއި އޮތޯރިޓީން އެއް ޒިންމާތަކެއް އުފުލަން ޖެހޭއިރު ސިޔާސަތުތައް ތަންފީޒުކުރުމުގައި ފުށުއެރުންތަކެއް އެބަހުރިކަމަށް ހަމަދު ވިދާޅުވިއެވެ.

މީގެއިތުރުން ހަމަދު ވިދާޅުވީ މިނިސްޓަރ ހުންނެވީ ގަދަކޮށްކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އާންމުކޮށް ފޮނުވާ ސިޓީތަކުގައި މިނިސްޓަރގެ ނަން ވަކިން އޮތްނަމަވެސް މިސިޓީގައި މިނިސްޓްރީގެ ބޭފުޅުންކަމަށް އޮތުމުން މިނިސްޓްރީން ވަކި ބަޔަކު ކޮމިޓީއަށް ހާޒިރުވީކަމަށް ހަމަދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
6%
28%
6%
17%
28%
17%
ކޮމެންޓް
27 އޭޕްރިލް 2021 | އަންގާރަ 04:16
މަރީ
ޝިމާޒް ރަޖިސްޓްރީތައް ހިފަހައްޓައިގެން މުޅި އައިޓީ ހިސޯރުކޮށްގެން ރަގަޅަށް ތަން ދޮވެލަނީ. ތަން ހަޑިމުޑުދާރު ވެގެން ވަންމީހުން ރަނަގަށް ހަޑިހާވަނި
27 އޭޕްރިލް 2021 | އަންގާރަ 04:11
ފާތުން
ޓްރާންސްޕޯޓް ގެ ހަޔާތުގަވެސް މިހާ ނާގާބިލް ނުހިންގޭ ވެރިން ތަކެއް ނާދޭ. ކޮއްކޮ މެން ކައިރިއަށް ލައިގެން ޖަރީމާ ޙިންގުމާ ތަނުގައި ތިބޭ މުވައްޒަފުންނަށް ބިރުދެއްކުން ނޫން ކަމެއް ނުކުރޭ
27 އޭޕްރިލް 2021 | އަންގާރަ 04:05
މަރީ
ނަހުލާ ހުންނެވީ ގަދަކޮށް އެހެންތާ ވާނީ ޝިމާޒް އާއި ދެމީހުން ހިންގާ ޖަރީމާތަކުން ހަމަދަށް ބައި އަޅައި ވިއްޔަ