ކ. މާލެ
|
26 އޭޕްރިލް 2021 | ހޯމަ 23:08
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނުގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ވެކްސިން
80،000ށް ވުރެ ގިނަ މީހުން ދެވަނަ ޑޯޒު ޖަހައިފި
ރާއްޖެއިން ޖުމްލަ 292،413 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވޭ
މިހާރު ރާއްޖޭގައި ޖުމްލަ ތިން ވެކްސިނެއް އަންނަނީ ބޭނުން ކުރަމުން

ރާއްޖޭގައި މިހާތަނަށް 80،000ށް ވުރެ ގިނަ މީހުން ކޮވިޑް-19ށް ދިފާއުގައި ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން އާދިއްތަ ދުވަހު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 1،186 މީހުންނެވެ. އަދި ދެވަނަ ޑޯޒު ޖެހީ 5،904 މީހުންނެވެ. އާދިއްތަ ދުވަހު މާލެ ސަރަހައްދުން 3,081 މީހުން ވެކްސިން ޖަހާފައިވާއިރު އަތޮޅުތެރެއިން 2823 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް 340 މީހަކު މާލެ ސަރަހައްދުން ޖަހާފައިވާއިރު އަތޮޅުތެރެއިން 846 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ. މިއާއެކު ރާއްޖެއިން ޖުމްލަ 292،413 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 82،827 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްގެންދާއިރު، ދެވަނަ ޑޯޒު ޖަހަން ފަށާފައި ވަނީ މި މަހު ކުރީކޮޅުއެވެ. ދެވަނަ ޑޯޒު ޖަހަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފަރމް ވެކްސިންގެއެވެ. މިހާރު ރާއްޖޭގައި ޖުމްލަ ތިން ވެކްސިނެއް އަންނަނީ ބޭނުންކުރަމުންނެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފަރމް ވެކްސިން އަދި ފައިޒާ ވެކްސިނެވެ. އޭގެ ތެރެއިން މިވަގުތު އާންމުންނަށް ފުރަތަމަ ޑޯޒު ޖަހަނީ ސިނޮފަރމްގެ އެކަންޏެވެ. އަދި ފައިޒާ ވެކްސިން ދެނީ ވަކި ޚާއްސަ ހާލަތެއްގައި ތިބޭ މީހުންނަށެވެ. މިހާރު ދެވަނަ ޑޯޒު ޖަހަނީ ކޮވިޝީލްޑް އަދީ ސިނޮފާމްގެއެވެ.

ސިނޮފާމްގެ ދެވަނަ ޑޯޒު ޖަހައިދެނީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލާއި ރައްޔިތުންގެ މަޖިލީހުންނެވެ. މާލެ ސަރަހައްދުގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދެމުން އަންނަނީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީއާއި ރައްޔިތުންގެ މަޖިލީހާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުންނެވެ.

- ކޮމެންޓް