ކ. މާލެ
|
26 އޭޕްރިލް 2021 | ހޯމަ 12:10
ހޯމް މިނިސްތަރ އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން “ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯއެންފޯސްމަންޓް”ބައްލަވާލައްވަނީ
ހޯމް މިނިސްތަރ އައްޑޫސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން “ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯއެންފޯސްމަންޓް”ބައްލަވާލައްވަނީ
ޓްވިޓަރ
ހޯމް މިނިސްޓަރ އައްޑޫއަށް ކުރައްވާ ދަތުރުފުޅު
އައްޑޫ ސިޓީގައި ގާއިމްކުރާ ފުލުހުންގެ ކޮލެޖަކީ، ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް މުހިއްމު ތަނެއް - އިމްރާން
 
ފުލުހުންގެ ޚިދުމަތް ފުޅާ ކުރުމަށް މުހިއްމު ތަނެއް
 
ކޮލެޖު ވެގެންދާނީ ގާނޫނު ތަންފީޒުކުރުމާއި ޖިނާޢީ އަދުލުގެ އަދި އިޖުތިމާޢީ އެހެނިހެން މުއައްސަސާތަކުގެ ބައިވެރިން ގުޅިގެން ތަމްރީނު ހިންގާ މަރުކަޒަކަށް

އައްޑޫގައި ގާއިމުކުރެވެމުންދާ ނެޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯއެންފޯސްމަންޓަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބުނާ ފަދަ ފުލުހުންގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަމްރީންދޭ މަރުކަޒަކަށް ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ގާއިމުކުރާ “ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯއެންފޯސްމަންޓް” ގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށާއި އައްޑޫ ސިޓީގެ ފުލުހުންނާ ބައްދަލުކުރެއްވުމަށް އެ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ކޮލެޖު ބައްލަވާލެއްވުމަށްފަހުއެވެ.

އައްޑޫގައި ގާއިމުކުރެވެމުންދާ ނެޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯއެންފޯސްމަންޓް ވެގެންދާނީ ގާނޫނު ތަންފީޒުކުރުމާއި ޖިނާޢީ އަދުލުގެ ނިޒާމާއި އިޖުތިމާޢީ އެހެނިހެން މުއައްސަސާތަކުގެ ބައިވެރިން ގުޅިގެން ތަމްރީނު ހިންގާ މަރުކަޒަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯވ އެންފޯސްމެންޓް”ގައި ފުލުހުން ތަމްރީނު ކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފަށައިގަނެވޭނެކަމަށް މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވެއެވެ. މިނިސްޓަރ ވިދާޅުވެފައިވަނީ، ފުލުހުންގެ ޚިދުމަތަށް މީހުން އިތުރުކުރުމަކީ ދައުލަތަށް ބުރަ ކަމަކަށްވީނަމަވެސް ރައްޔިތުންގެ ހައްގުގައި ކުރުން އެއީ މުހިއްމު ކަމެއްކަމަށެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއެކު ފުލުހުންގެ ޚިދުމަތް ލާމަރުކަޒު ކުރެވިގެންދާއިރު، މިހާރަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު ފެންވަރެއްގައި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރުމަށް ފުލުހުންގެ އާ ގާނޫނުން ތަންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި