Advertisement
ކ. މާލެ
|
8 މެއި 2017 | ހޯމަ 21:48
އެމްޑީޕީން ބޭއްވި ނުސްވެރިންގެ ބައްދަލުވުން
އެމްޑީޕީން ބޭއްވި ނުސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
އެމްޑީޕީ
ޕްރައިވެޓް ތަންތަނަކަށް އަދިވެސް އާސަންދަ ނުލިބޭ:ޑރ. ޑީޑީ
ޑީޑީ ވަނީ ސަރުކާރުގެ ސިއްހީ ހިދުމަތްތަކަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފައި

އާސަންދަ ހިދުމަތް ދިން ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަނަށް ނާންގާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޔާމީނު އުޅުއްވަނީ، ޑްރާމާ ކުޅެން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީ ވިދާޅުވެއްޖެ އެވެ.

އާސަންދަ ހިދުމަތާ ގުޅޭ ގޮތުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ އިބްރާހިމް ޑީޑީ ވިދާޅުވީ، ސަރުކާރުން އަންނަނީ ތަފާތު އެކި ޖެއްސުންތައް ރައްޔިތުންނަށް ކުރަމުން ކަމަށާއި މިއީ ވަރަށް ހިތްދަތިކޮށް ހިނގަމުންދާ ކަމެއް ކަމަށެވެ.

ޑރ.ޑީޑީ ވިދާޅުވީ އާސަންދަ ހިދުމަތް މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައި މެދުކަނޑާލުމަށް ސަރުކާރުން  ނިންމީ ކައުންސިލް އިންތިހާބުގައި ކުރިމަތިވި ބަލީގެ ސަބަބުން ކަމަށެވެ.

ސަރުކާރުން ހިދުމަތް ދިން ކަން އިއުލާނު ކުރީވެސް ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި ސަރުކާރަށް ނޭންގި ސަރުކާރުގެ އެތެރެއިން ނިންމާ ނިންމުންތައް ނިންމާކަމުގައިވާ ނަމަ އެފަދަ ފަރާތްތަކަށް ސަރުކާރުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ. ޑީޑީ ވިދާޅުވީ ސަރުކާރުގެ ސިއްހީ ދާއިރާބެހިފައިވާ ގޮތުން 70 ޕަސެންޓް ހިއްސާކުރަނީ، ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނަށް ކަމަށާއި އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށް ނުދެވޭނެ ކަމަށެވެ.

ޑރ.ޑީޑީ ވިދާޅުވީ ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން، ގައުމު ފަހުރުވެރިވާ މިންވަރަށް ސިއްހީ ހިދުމަތް ދެމުންގންދާ ކަމަށާއި އާސަންދަ ހިދުމަތް މެދުކަނޑާލުމުގެ ސަބަބުން، ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީނު އަލުން އަނބުރާ އާސަންދަ ދިން ކަމަށް ބުނާއިރު މެންދުރުވީ އިރުވެސް އާސަންދަ ރުޖޫއަ ކުރުމަށް އެއްވެސް އިޝާރާތެއް އައިސްފައެއް ނުވޭ،" ޑރ.ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވީ އާސަންދަ ހިދުމަތް އަލުން ދޭން ފެށިކަމަށް އަންގާފައިވީ ނަމަވެސް އެފަދަ އެއްވެސް ކަމެއް އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލުތަކަށް ނޭންގޭ ކަމަށާއި، އެހެން ނަމަވެސް ހިދުމަތް މެދުކަނޑާލުމަށް ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ވަގުތުން އަންގާފައިވާ ކަމަށެވެ.

ޑރ.ޑީޑީ ވިދާޅުވީ ނޭޝަނަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާ އިން ސިއްހީ ހިދުމަތްތައް ޕްރައިވެޓް ކުންފުނިތަކުން ކަނޑާލިކަން ސަރުކާރަށް ނޭނގޭ ކަމަށް ބުނުމަކީ އަނެއްކާވެސް ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށް ކުރަމުންދާ ކަމެއް ކަމަށެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 މެއި 2017 | ހޯމަ 20:45
މާކުންބޭ
ރަގަޅު ވާހަކަޔެއް އަދި އާސަންދައިން ސާކިއުލާ އެއް ނުފޮނުވާ