ކ. މާލެ
|
26 އޭޕްރިލް 2021 | ހޯމަ 07:57
ޕޮލިހުން މަގުބަންދުކޮށްގެން މައްސަލައެއް ބަލަނީ: އެކްސިޑެންޓަށް ފަހު ސައިކަލެއް ފިލި މައްސަލަ ފުލުހުން ދަނީ ބަލަމުން
ޕޮލިހުން މަގުބަންދުކޮށްގެން މައްސަލައެއް ބަލަނީ: އެކްސިޑެންޓަށް ފަހު ސައިކަލެއް ފިލި މައްސަލަ ފުލުހުން ދަނީ ބަލަމުން
މިހާރު
މާލޭގައި ހިނގި އެކްސިޑެންޓެއް
އެކްސިޑެންޓްވި ސައިކަލެއް މަޑުނުކޮށް ފިލައިފި
 
އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެފައިވޭ
 
އަނިޔާވި ދެމީހުންނަށް އައިޖީއެމްއެޗް ގައި ދަނީ ފަރުވާދެމުން
 
އެކްސިޑެންޓް ހިނގާފައި ވަނީ އާދިއްތަ ދުވަހުގެ ރޭ 09:15 ހާއިރު

އާދިއްތަ ދުވަހު މާލޭގައި އެކްސިނޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ފިލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ރޭ 09:15 ހާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކައިރީގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު އެއިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު މަޑުނުކޮށް ގޮސްފައިވާ ކަމަށާއި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެފައިވާއިރު، ރަމަޟާން މަހާއި އެކު މާލެ ތެރޭގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
50%
50%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން