ކ. މާލެ
|
24 އޭޕްރިލް 2021 | ހޮނިހިރު 18:36
ހެލްތް މިނިސްޓަރގެ ދަތުރުފުޅުގެ ތެރެއިން
ހެލްތް މިނިސްޓަރގެ ދަތުރުފުޅުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓަރ މ.އަތޮޅަށް
އަމިއްލައަށް ކަންކަން ދެކެވަޑައިގަތުމަށް ހެލްތު މިނިސްޓަރ މ.އަތޮޅަށް
 
ދިއްގަރާއި މަޑުއްވަރި، މުލައް، މުލި އަދި ނާލާފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި

މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ހޮނިހިރު ދުވަހު މ.އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންގެ އިތުރުން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ އަބްދުލް ހަންނާނު ހުސައިނާއި ސީނިއަރ ޕްރޮޖެކްޓް އޮފިސަރ އަބްދުﷲ އާރިޒްވެސް މިދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ހެލްތު މިނިސްޓަރުގެ ދަތުރުފުޅުގެ ތެރެއިން - ހެލްތު މިނިސްޓްރީ

މިނިސްޓަރުގެ މިދަތުރުފުޅަކީ މ.އަތޮޅުގެ ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި އަދި ރީޖަނަލް ހޮސްޕިޓަލުގެ ކަންކަން ބައްލަވާލައްވައި، މިހާރު ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި ކުރެވެމުންދާ އުމްރާނީ މަސައްކަތްތަކާއި މުވައްޒަފުންނަށް ހުރި ދަތިކަންކަމުގެ މައުލޫމާތު ހޯދުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްރަށަކީ ދިއްގަރު، މަޑުއްވަރި، މުލައް، މުލި އަދި ނާލާފުށި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިގޮތުން ދިއްގަރު، މަޑުއްވަރީގެ ހެލްތް ސެންޓަރ އަޕްގްރޭޑް ކުރުމަށް ކުރަންޖެހޭ ކަންކަން ބައްލަވާލައްވައި، މިވަގުތު އިސްކަމެއް ދެއްވައިގެން މުލަކުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އެކްސްޓެންޝަން އިމާރާތް ފެށުމަށް ކުރަންޖެހޭ ކަންކަން ބައްލަވާލައްވާނެއެވެ. މި އިމާރާތް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ހެލްތުގެ ކަންކަން އިތުރަށް ފުޅާކުރުމަށާއި އޮފީސް އިމާރާތުގައި މިހާރުހުރި ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ލޯންޑްރީ، ސްޓޮކްރޫމް އަދި ގަރާޖެއް ހެދުމަށެވެ.

މިދަތުރުފުޅު ނިންމަވާލައްވާނީ ނާލާފުށި އަދި މުލީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އެތަންތަނުގައި ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ފަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް