ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ހުޅުވައިފިއެވެ.
މި މިސްކިތް ހުކުރު ދުވަހު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މިސްކިތް ހުޅުއްވައި ދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިސްކިތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު ކަމަށެވެ. އެހެންކަމުން ހަތް ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާލެވުނު ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިސްކިތް އެޅުމަށް މަސައްކަތް ކުރަމުން ދިޔައިރު އިންސާނުންގެ ކަށިތައް ފެނުނު ކަމަށާއި އެ ކަށިތައް ނަގާ ފުރާނާ ސާފުކޮށް، އެއަށްފަހު މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެެވެ. އަދި މިސްކިތުގައި އެއްވެސް ކައްޓެއް ނުހުންނާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ. މިސްކިތް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމަކީ ވަރަށް އަހަމިއްޔަތުކަން ދޭންޖެހޭ ކަމެއްކަން ފާހަގަކުރައްވާ އިސްލާމިކް މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިސްކިތްތައް ސާފުކޮށް ބަހައްޓާއިރު މިކަމަށް ރައްޔިތުންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ.
މިސްކިތަކީ އިސްލާމިކް މިނިސްޓްރީ އާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން އެޅި މިސްކިތެކެވެ.
މިސްކިތުގެ މަސައްކަތް މިއަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ފަށާފައިވާއިރު 500 މީހުންނަށްވުރެ ގިނަ މީހުންނަށް މި ތަނުގައި ނަމާދު ކުރެވޭނެއެވެ.