Advertisement
ކ. މާލެ
|
8 މެއި 2017 | ހޯމަ 03:43
މާރިޔާ އަހުމަދު ދީދީ
މާރިޔާ އަހުމަދު ދީދީ
ރާއްޖެ އެމްވީ
މާރިޔާ
އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ
ކައުންސިލް އިންތިޚާބުން އެނގިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީނަށް 2018 ގެއްލިޖެކަން
ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީންގެ ކަންތައްތައް ކުރާނަމަ އޭގެ ނިމުން ވަރަށް ހިތިވާނެ

މި މަހުގެ ހަ ވަނަ ދުވަހު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ.ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، ތަރައްގީއޭ ބުނެގެން ނުވަތަ ބްރިޖެއް އަޅައިދީގެން، ނުވަތަ ރަސްފަނެއް ހަދައިދީގެން ދިވެހި ރައްޔިތުންގެ އިހުސާސްތަކާ ކުޅެ ރައްޔިތުން ނުހެއްދޭނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ ކައުންސިލް އިންތިހާބުގެ ނަތީޖާއިން ރައްޔިތުންގެ ނިންމުން ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެ ކަމަށާއި އެހެން ކަމަުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ ކަންތައްތައް ކުރާނަމަ އޭގެ ނިމުން ވަރަށް ހިތި ވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ އެއްވެސް ގޮވާލުމަކަށް ނުވަތަ ރައްޔިތުންނަސް ދިމާވާ އެއްވެސް ދައްޗަކަށް އަޅާލުމެއް ނެތް ކަމަށެވެ. އެގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިލްވާން ގެއްލުނު މައްސަލައާއި މަޝްހޫރު ބްލޮގާ ޔާމީން ރަޝީދު މަރާލި މައައްސަލާގައި އާއިލާއިން ހުށަހެޅި ސިޓީތައް ބަލައި ނުގަނެ ބޭރުކޮށްލާފައިވާކަން މާރިއާ ފާހަގަ ކުރެއްވިއެވެ.

ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ބައެއް ކެނޑިޑޭޓުންނަކީ ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށް އެ ޕާޓީން ބުނަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ މާރިޔާ ވިދާޅުވީ، އިންތިޚާބުގައި ވާދަ ކުރުމަށްޓަކައި ކެނޑިޑޭޓުން ނެރެގެންވެސް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އޮޅުވާލާ މަކަރު ހަދަމުންދާ ކަމަށެވެ. އެގޮތުން މާރިޔާ ވިދާޅުވީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެންޑިޑޭޓުންނަކީވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތާއިދު ނުކުރާ ކެންޑިޑޭޓުން ކަމަށާއި އަދި ކައުންސިލް އިންތިޚާބުގެ ނަތީޖާއިން އެނގޭ ގޮތުން ރައީސް އަބްދުﷲ ޔާމީނަށް 2018 ގެއްލިގެން ހިގައްޖެކަން ޔަޤީން ވެއްޖެ ކަމަށެވެ.

މާރިޔާ ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ސާފުވެގެން ދިޔައީ އިދިކޮޅު ފަރާތްތަކުން 2018ގެ ރިޔާސީ އިންތިޚާބުގައި ވިސްނުމުގެ ބޭނުމެއް ނެތްކަން ކަމަށާއި އަދި އިދިކޮޅު ފަރާތްތަކުން އަންނަ ރިޔާސީ އިންތިޚާބު ފަސޭހަ ކަމާއެކު ކާމިޔާބު ކުރާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
8 މެއި 2017 | ހޯމަ 08:19
ބޮޑު ތިލަދުއްމަތި
ގައިމުތަ ހަމަ އެއްބުރުން ފެންތައްޓެއް ބޯލާ ފަދައިން ތިކަން ނިނަމާނަށް
8 މެއި 2017 | ހޯމަ 08:19
ބޮޑު ތިލަދުއްމަތި
ގައިމުތަ ހަމަ އެއްބުރުން ފެންތައްޓެއް ބޯލާ ފަދައިން ތިކަން ނިނަމާނަށް