Advertisement
ކ. މާލެ
|
8 މެއި 2017 | ހޯމަ 01:40
ބޭރުގެ އޮބްޒާވަރުން ބޭއްވި ޕްރެސް ކޮންފަރެންސް
ބޭރުގެ އޮބްޒާވަރުން ބޭއްވި ޕްރެސް ކޮންފަރެންސް
ރާއްޖެއެމްވީ
ކައުންސިލް އިންތިހާބު
އިންތިހާބަކީ މިނިވަން، އިންސާފުވެރި އިންތިހާބެއް: އޮބްޒާވަރުން
ނިމިގެން ދިޔައީ މިނިވަން އިންސާފުވެރިން އިންތިބެއް
އިންތިޚާބުގެ ވަގުތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަންސް އިން ނިންމި ނިންމުމަކީ އެވަގުތަށް އެންމެ އެކަށީގެންވާ ނިންމުން

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބަކީ މިނިވަން އިންސާފުވެރިން އިންތިޚާބެއް ކަމަށާއި އިންތިޚާބުގެ ކަންކަން ދިޔައީ އަމާކޮށްކަމަށް އިންތިޚާބު އޮބްޒާވްކުރެއްވި ބައިނަލްއަޤުވާމީ އޮބްޒާވަރުން ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ، އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އޮބްޒާވަރުން ވިދާޅުވީ އިންތިޚާބުގެ ކަންކަން ދިޔައީ އުސޫލުތަކުގެ ތެރެއިން، އަމާންކޮށް ކަމަށެވެ.

މި އިންތިޚާބު އޮބްޒަރވް ކުރެއްވި، ބޮސްނިއާގެ ސެންޓްރަލް އިލެކްޝަން ކޮމިޝަންގެ ރައީސް ޑރ. އައިރީނާ ހަޒިއަބްޑިކް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއާއި މެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް ނަތީޖާތައް އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި، ޕާޓީތަކާއި، ކެނޑިޑޭޓުންނާއި ސަޕޯޓަރުން އެ އުސޫލުތަކަށް އަމަލުކުރައްވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިންތިހާބުގެ ވަގުތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަންސް އިން ނިންމި ނިންމުމަކީ އެވަގުތަށް އެންމެ އެކަށީގެންވާ ނިންމުމެއް ކަމަށް ޑރ. އައިރީނާ ވަނީ ސިފަކުރައްވާފައެވެ. ލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ތިލަކްސިރީ ޑިއްސަނަޔަކަ ހެރަތު ވިދާޅުވީ، އެއްވެސް އިންތިހާބަކީ އެންމެ ފުރިހަމައަށް ހިނގާނޭ އިންތިހާބެއް ނޫންކަމަށެވެ.

ބޭރުގެ އޮބްޒާވަރުން ލޯކަލް ކައުންސިލް އިންތިޚާބު މިނިވަންކަމަށް ނިންމި ކަމުގައިވީ ނަމަވެސް، އިދިކޮޅު ފަރާތްތަކުން ވަނީ އިންތިހާބަކީ މިނިވަން އިންތިހާބެއް ނޫންކަމަށް ބުނެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް