Advertisement
ކ. މާލެ
|
7 މެއި 2017 | އާދީއްތަ 23:17
ޕީޕީއެމްއިން ބޭއްވި ޕްރެސް ކޮންފަރެންސް
ޕީޕީއެމްއިން ބޭއްވި ޕްރެސް ކޮންފަރެންސް
ރާއްޖެއެމްވީ
ކައުންސިލް އިންތިޚާބު
ޓްރާންސްޕޭރެންސީ ފަދަ ޖަމާއަތްތަކުން ރިޕޯޓް ނެރެނީ ބޭރުން ލިބޭ ފައިސާ ހުއްޓިދާނެތީ: ނިހާން
ރިޕޯޓްތަކަކީ ކޮންމެވެސް ކަމެއް ކުރިކަން ދައްކަން ނެރޭ އެއްޗެއް
އިންތިޚާބު އިންސާފުވެރި ކަމަށް ސަރުކާރު ދެކޭ
ރިޔާސީ އިންތިޚާބު ކާމިޔާބު ވުމުގެ އުއްމީދު އާވެއްޖެ: ޕީޕީއެމް

ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ބައެއް ޖަމާއަތްތަކުން، ރިޕޯޓް ނެރެނީ ބޭރުން ލިބޭ ފައިސާ ހުއްޓިދާނެތީ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު އޮބްޒަރވް ކުރުމަށްފަހު، ފާހަގަވި ކަންކަން ހާމަކޮށް، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެކުލަވާލާ ރިޕޯޓާއި ގުޅޭގޮތުން މީޑީއާއާއި ހިއްސާކުރި މައުލޫމާތުތަކަށް ބިނާކޮށް، ރާއްޖެ ޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އާދިއްތަ ދުވަހު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ބައެއް ޖަމާއަތްތަކުން، އެކި ކަންކަމާއި ގުޅޭގޮތުން ނެރޭ ރިޕޯޓްތަކަކީ، އަހަރުތެރޭގައި ކޮންމެވެސް ކަމެއް ކުރިކަން ދައްކައި، ބޭރުން ލިބޭ ފައިސާ ލިބުން ހުއްޓިދާނެތީ ކުރާ ކަންކަން ކަމަށެވެ.

އެފަދަ ރިޕޯޓްތައް މަދަނީ ބައެއް ޖަމިއްޔާތަކުން ނެރޭނެ. އެއީ މަދަނީ ޖަމިއްޔާތަކުންވެސް އާންމު ރިޕޯޓް އެކުލަވާލަން އެބަޖެހޭ، އެމީހުން އެއްވެސް ކަމެއް ކުރިތޯ ބަލާލަން. ބައެއް މަދަނީ ޖަމިއްޔާތަކަކީ ބޭރު ފަރާތްތަކުން އެކިކަހަލަ ފަންޑުތަކުގަ ހިންގާ ޖަމިއްޔާތައް. އެހެންވީމަ އެމީހުންވެސް ކޮންމެސް ރިޕޯޓެއް އެކުލަވާ ނުލާކަމުގަ ވާނަމަ، އަހަރުތެރޭގަ ދިޔަ ކެންޕެއިނާ ބެހޭ އެއްވެސް ރިޕޯޓެއް، އިލެކްޝަނާ ބެހޭ އެއްވެސް ރިޕޯޓެއް، އެކުލަވާ ނުލެވުނު ކަމަށް ވާނީ. އެހިސާބުން ބޭރުން އަންނަ އެހީތެރިކަންވެސް ފަހަރުގަ ކުޑަވެދާނެތީވެ، ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ޖަމާއަތްތައް ޖެހޭނެ ކޮންމެސް ކަހަލަ ރިޕޯޓެއް ނެރެން. އެ ނެރޭރުގަ އަދި ކޮންމެސް ވަރަކަށް އެ ރިޕޯޓް އެ ބޭރުގެ ފަރާތްތަކަށް ޤަބޫލުކޮށްލަން ފަސޭހަވެސް ވާނީ ސަރުކާރާ ހިތްހަމަ ނުޖެހޭގޮތަށް އެކަހަލަ ދެތިން ވާހަކައެއް ލިޔެލީމަ

'ލޯކަލް ކައުންސިލް އިންތިޚާބު 2017' އާއި، އެ އިންތިޚާބުގެ ވަށައިގެންވާ ކަންކަމާއި ގުޅޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ފާހަގަކުރެވުނު ކަންތައްތައް މީޑިއާއާއި ހިއްސާ ކުރަމުން، އެ ޖަމުޢިއްޔައިން ބުނީ، އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރި ކަމާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ބައެއް ކަންކަން ހިނގާފައިވާ ކަމަށެވެ. ކެމްޕެއިން ކުރުމުގައި ދައުލަތުގެ މުދަލާއި ވަޞީލަތްތައް ބޭނުން ކުރުމާއި، ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުޞަތު ދީފައި ނުވާކަން ފާހަގަކުރެވިފައިވާކަން އެ ޖަމުޢިއްޔާއިން ފާހަގަ ކުރިއެވެ.

ހަމަހަމަ ފުރުޞަތު ނުލިބުމާއި، ދައުލަތުގެ މުދަލާއި ވަޞީލަތްތައް ބޭނުން ކުރުމާއި ގުޅޭގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފާހަގަކުރި ކަންކަން ޕީޕީއެމްއިން ވަނީ ދޮގުކޮށްފައެވެ.

ޕީޕީއެމްގެ ބާރުގަދަ ދާއިރާތަކުގެ ގޮތުގައި ބެލެވިފައި ހުރި ދާއިރާތަކުގެ އަގުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބި، ކައުންސިލް އިންތިޚާބުގެ މުހިއްމު ގޮނޑިތަކެއް އެމްޑީޕީއިން ކާމިޔާބުކޮށްފައިވީނަމަވެސް، ޕީޕީއެމްއިން ބުނީ ލޯކަލް ކައުންސިލް އިންތިކާބުގައި އެ ޕާޓީއަށް ލިބުނީ ވަރަށް ފުރިހަމަ ކާމިޔަބެއް ކަމަށާ، 2018 ވަނަ އަހަރު، ރައީސް ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ އުއްމީދު އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 މެއި 2017 | ހޯމަ 08:32
ބޯހަލާކު
މީ އަޅެފަހެ ބޮޑު މޮޔައެއްތަ......މިއަށް ދެން ކިޔާނީ ހަޖަމް ކުރަން ނޭގުން. ތިޔޮތީ ހަމަ ބަލިކޮށްފަ..ދެން ލަލަލަަ
8 މެއި 2017 | ހޯމަ 01:04
Muhlaa
Nihan bunnyas eyee hama thedhe. Konmes echekee kiyaagen report e neren jiheene.. ehen nooni. Ehee e ves nulibeene. Coment hiyei nuve jahaanehenves