ކ. މާލެ
|
19 އޭޕްރިލް 2021 | ހޯމަ 07:53
ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ
ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ
އިންސްޓަގްރާމް
ނަވަލްނީ ދޫކޮށްލުމަށް އީޔޫއިން ގޮވާލުން
ނަވަލްނީ ވަގުތުން ދޫކޮށްލުމަށް އީޔޫއިން ގޮވާލައިފި
 
"ރަޝިއާއިން ނަވަލްނީ ޖަލުގައި ހުރެގެން މަރުވުމުގެ ފުރުސަތު ނުދޭނެ"
 
ކިޑްނީ މަސައްކަތް ކުރުމުގައި މައްސަލަ އެބަހުރި، ކޮންމެ ވަގުތަކު ވެސް ހިތުގެ މައްސަލައެއް ދިމާވެދާނެ
 
ސިއްހީ ފަރުވާ ނުދީފި ނަމަ އޭނާގެ ފުރާނައަށް ނުރައްކާވެ މަރުވުމުގެ ފުރުސަތު ބޮޑު

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ވަގުތުން ދޫކޮށްލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލައިފިއެވެ.

އީޔޫ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ކުރިއަށް ގެންދިޔަ ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގެއްގައި އެ އިއްތިހާދުން ވަނީ ރަޝިއާގެ އިދިކޮޅު ލީޑަރު ބަންދުގައި ހުންނެވި އިރު، އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދެމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ނަވަލްނީގެ ސިއްހީ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާއިރު، އެނާއަށް ފަރުވާނުދެވޭތީ ވަގުތުންވަގުތައް ދޫކޮށްލުމަށް އީޔޫ އިން ވަނި ގޮވާލާފައެވެ.

އީޔޫއިން މިގޮތަށް ގޮވާލާފައިވާއިރު ނަވަލްނީއަށް ސިއްހީ ފަރުވާ ނުދީފި ނަމަ އޭނާގެ ފުރާނައަށް ނުރައްކާވެ މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެގޮތުން ނަވަލްނީގެ ހާލު ބަލަން ފުރުސަތު ދިނުމަށް އެދި ޖަލުގެ އޮފިޝަލުންނަށް ޑޮކްޓަރުން ފޮނުވި ސިޓީގައި ވަނީ ނަވަލްނީގެ ޕޮޓޭސިއަމް ލެވެލް ކަންބޮޑުވާ މިންވަރަކަށް އަރާފައިވާކަމަށް ފާހަގަކޮށްފައެވެ. މީގެ ސަބަބުން ކިޑްނީ މަސައްކަތް ކުރުމުގައި މައްސަލަ ހުރިކަން ފާހަގަވާ ކަމަށާއި ކޮންމެ ވަގުތަކު ވެސް ހިތުގެ މައްސަލައެއް ދިމާވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ.

ނަވަލްނީ ޖަލުގައި ހުރެގެން މަރުވެދާނެ ކަމުގެ ކަންބޮޑުވުން އެމެރިކާއިން ފާޅުކުރުމާއި ގުޅިގެން ރަޝިއާއިން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެންޑްރީ ކެލިން ވަނީ ރަޝިއާއިން ނަވަލްނީ ޖަލުގައި ހުރެގެން މަރުވުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

ރަޝިއާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ނަވަލްނީގެ ސިއްހީ ހާލުކޮޅު ގޯސްވީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ސައިބީރިޔާ އިން މޮސްކޯއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއިން ސައިފޮދެއް ހިއްޕެވި ފަހުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ނަވަލްނީ އަށް ވިހަ ދިނުމުގެ ފަހަތުގައި ވަނީ ރަޝިޔާ ސަރުކާރެވެ. އެކަމަކު ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. ޖަރުމަނުގެ ހޮސްޕިޓަލުގައި 32 ދުވަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ނަވަލްނީ ހޮސްޕިޓަލުުން ދޫކޮށްލާފައިވާއިރު، އޮކްޓޯބަރު މަހުގެ 20 ހިސާބުގައި އާލާސްކަންފުޅުގެ ހުރިހާ އަލާމާތެއް ވެސް ފިލައިގެން ގޮސްފައިވާ ކަމަށް ރޮއިޓަރސްގައި ރިޕޯޓް ކޮށްފައިވެއެވެ.

އެއާއެކު ރަޝިއާގެ ސަރުކާރުން އޭރުވެސް ވަނީ ނަވަލްނީ އަނބުރާ ޤައުމަށް ގެނައުމަށް ވަރަށް ބޮޑަށް ބާރު އަޅާފައެވެ. އެގޮތުން ނަވަލްނީއަކީ ޙުކުމެއްގެ ދަށުން ސަސްޕެންޝަނެއްގައި ހުންނެވި ބޭފުޅަކަށްވެފައިި، ޤައުމުން ބޭރުގައި ހުންނެވީ ސަސްޕެންޝަންގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ރަޝިއާގެ ޕްރިޒަން ސަރވިސް އިން ވަނީ ވަގުތުން ނަވަލްނީ އެނބުރި ޤައުމަށް ވަޑައިގަތުމަށް އަމުރު ކޮށްފައެވެ. އަދި އަނބުރާ ވަޑައިނުގަންނަވައިފި ނަމަ، ސަސްޕެންޝަން ޖަލު ޙުކުމަކަށް ބަދަލުވެގެން ދިއުން ގާތް ކަމަށް ޕްރިޒަން ސަރވިސް އިން އޭރު ބުނެފައިވެއެވެ. އެންމެ ފަހުން އަނބުރާ ޤައުމަށް ވަޑައިގަތުމާއެކު، ނަވަލްނީއަށް ވަނީ ޖަލު ޙުކުމްވެސް އިއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް